ads
ބްރިޖް ޕްލެޓްފޯމް
ޕްލެޓްފޯމްގެ ސަބަބުން ވިލިމާލެ ފަރަށް ގެއްލުމެއް ލިބުނުތޯ ބަލަނީ
މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ގުޅާލުމަށް ހަދާ "ތިލަމާލެ ބްރިޖު"ގެ މަސައްކަތަށް ބޭނުން ކުރަމުން ދިޔަ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އެރުމުގެ ސަބަބުން ފަރަށް ގެއްލުންތަކެއް ލިބިފައި ވޭތޯ އެންވާރަމަންޓް ޕްރޮޓެކްޝަން އޭޖެންސީއިން ބަލަން ފަށައިފި އެވެ.

ތިލަމާލެ ބްރިޖް އެޅުމަށް ބޭނުންކުރާ ޕްލެޓްޕޯމެއް އިއްޔެގެ މެންދުރު 14:45 ހާއިރު ވަނީ ވިލިމާލޭ ފަރަށް އަރާފައެވެ. އެކަމުގެ ސަބަބުން އެ ޕްލެޓްފޯމުގައި ތިބި ތިން މީހަކަށް ވަނީ އެކިވަރުގެ އަނިޔާތައް ވެގެން ވިލިމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާވެސް ދީފަ އެވެ. އެހެން ނަމަވެސް އެމީހުންނަށް ބޮޑެތި އަނިޔާތަކެއް ލިބިފައި ނުވާކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. 

އެ ޕްލެޓްފޯމް ފަރަށް އެރުމާއި ގުޅިގެން އީޕީއޭގެ ޑިރެކްޓަރު ޖެނަރަލް އިބްރާހިމް ނައީމް ވިދާޅުވީ، އެ ޕްލެޓްފޯމް ފަރަށް އެރުމުން އެއްވެސް ގެއްލުމެއް ފަރަށް ލިބިފައި ވޭތޯ ބަލަމުން އަންނަ ކަމަށާއި، އަދި މިހާތަނަށް ފަރަށް ލިބިފައިވަނީ ކިހާވަރެއްގެ ގެއްލުމެއްކަން ދެނެގަނެވިފައި ނުވާ ކަމަށެވެ

މީގެ އިތުރުން ނައީމް ވިދާޅުވީ، ފަރަށް ލިބުނު ގެއްލުންތަކާއި ގެއްލުމެއް ލިބިފައިވާނަމަ ޖޫރިމަނާ ކުރަންޖެހޭވަރު އިނގޭނީވެސް ފަރަށް ލިބުނު ގެއްލުންތަށް ދެނެގަނެ ނިމުމުން ކަމަށެވެ. 

ވިލިމާލޭ ފަރަށް ޕްލެޓްފޯމް އެއް އަރާފައި ވާއިރު، ރާއްޖޭގެ ފަރުތަކަށް ބޯޓުތަކުން ގެއްލުން ލިބޭނަމަ އީޕީއޭއިން ދަނީ ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އެ ބޯޓުތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރަމުން ކަން ފާހަގަ ކޮށްލެވެ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް