ads
ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން
”ޕޮލިޓެކްނިކް ޒަމާނީ ކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުން“
ޕޮލިޓެކްނިކް ޒަމާނީ ކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދާ ކަމަށް ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ޕޮލިޓެކްނިކްގެ 2022 ވަނަ އަހަރުގެ އޮގަސްޓް އިންޓޭކްގެ އޮރިއެންޓޭޝަންގައި ބައިވެރިވެރިވި ހުރިހާ ދަރިވަރުންނަށް މަރުހަބާ ދަންނަވާ މިނިސްޓަރު ވިދާޅުވީ ވޯލްޑްބޭންކުގެ އެހީގައި މިހާރު އާ ހިދުމަތްތަކެއް ޕޮލިޓެކްނިކަށް ފޯރުކޮށްދެމުން ގެންދާ ކަމަށެވެ. އެގޮތުން ލައިބްރަރީގެ ހިދުމަތަކީ ވެސް އޭގެރެއިން އެއް ޕްރޮޖެކްޓް ކަމަށް ވިދާޅުވި އެވެ. 

"އަޅުގަނޑުމެން މިތަނުގައި ލެބެއްވެސް ގާއިމް ކުރަން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އަންނަ އަހަރު ބަޖެޓުގައި ލިފްޓެއްވެސް ލާގޮތަށް މިހާރު އަޅުގަނޑުމެން އެކަން ގަސްތުކޮށް ނިންމާފައި ވާނީ. އަޅުގަނޑުމެން މިތަނުގައި އާ ފެސިލިޓީސް ގާއިމް ކުރަން ބޭނުން" މިނިސްޓަރު ވިދާޅުވި އެވެ.

 

މިނިސްޓަރު ވިދާޅުވީ އާ ފެސިލިޓީސް ޕޮލިޓެކްނިކްގައި ގާއިމްކުރެއްވުމަށް ބޭނުންވަނީ އެތަނުން ދެވޭ ތައުލީމުގެ ފުރުސަތުތައް ފުޅާވުމަށް ފަހިވުމާއި ތަނުން ހިންގޭ އެކްސެސް މިހާރަށްވުރެ ރަނގަޅުކުރުމާއި އާންމުން ޕޮލިޓެކްނިކާއި ދޭތެރޭ ދެކޭގޮތް ބަދަލުކުރުމުގެ ގޮތުން ކަމަށެވެ. 

ޕޮލިޓެކްނިކުން ދަރިވަރުން ކިޔަވައިގެން ނިކުންނައިރު މަސައްކަތުގެ އަހުލާގު ހުންނަ ގޮތާއި ދިރިއުޅުމުގެ ކަންތައްތައް ހުންނަގޮތާއި ވަޒީފާއަށް ގޮސް މަސައްކަތުގައި ހޭދަކުރާ ވަގުތާއި ނަތީޖާ ނެރޭ ގޮތާއި ދިރިއުޅުމުގައި މީހާގެ ޑިސިޕްލިން ގެންގުޅޭގޮތް އެއީ ވަރަށް މުހިއްމު ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އަދި ޓްވެޓް ނިޒާމަށް އާންމުން ދެކޭގޮތް އިތުރަށް ރަނގަޅުކުރުމަށް ޕޮލިޓެކްނިކުން ކިޔަވައިގެން ނިކުންނަށް ދަރިވަރުން މަސައްކަތް ކޮށްދެއްވުމަށް މިނިސްޓަރު އެދިލެއްވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް