ads
ރެޑް ކްރެސެންޓުގެ ކޯޕަރޭޓް މެމްބަޝިޕް އާ ކުރުމުގެ އެއްބަސްވުމުގައި ދިރާގާއި އެ ޖަމާއަތާ ދެމެދު ސޮއިކުރި އެއްބަސްވުން ބަދަލުކުރަނީ: ފޮޓޯ/ދިރާގު
ދިވެހި ރެޑްކްރެސެންޓުގެ ކޯޕަރޭޓް މެމްބާޝިޕް ދިރާގުން އާކޮށްފި
ދިވެހި ރެޑް ކްރެސެންޓުގެ ފުރަތަމަ ކޯޕަރޭޓް މެމްބަރު ކަމުގައިވާ، ދިރާގުން ކޯޕަރޭޓް މެމްބާޝިޕް އާކޮށް ދިވެހި ރެޑް ކްރެސެންޓުންދޭ ހިދުމަތްތަކުގައި އެހީތެރިވުމަށް ނިންމައިފި އެވެ.
Advertisement

ދެހާސް އަށާރަ ވަނަ އަހަރުން ފެށިގެން ދިރާގުން އަންނަނީ ދިވެހި ރެޑް ކްރެސެންޓުގެ މަސައްކަތްތައް އިތުރަށް ފުޅާ ކުރުމަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. 

ދިރާގުގެ އިސްނެންގެވުމާއިއެކު އާ ކުރެވުނު މެމްބާޝިޕްގެ ސަބަބުން ކާރިސާތަކުގެ ވަގުތުގައްޔާއި އާއްމު ހާލަތްތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ނާޒުކު ފަރާތްތަކަށް ދިވެހި ރެޑް ކްރެސެންޓްގެ ދަރުމަވެރިން ފޯރުކޮށްދޭ ހިދުމަތްތަކަށް އެއްބާރުލުމާއި އެހީތެރިކަން ދެމެހެއްޓެނިވިގޮތުގައި ފޯރުކޮށްދެވޭނެވއެވެ. މި މަސައްކަތްތަކުގެ ތެރޭގައި ފުރަތަމަ އެހީ ދިނުމާއި، ނަފްސާނީ އިޖްތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ކާރިސާތަކުން އަރައިގަތުމަށް ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ހިމެނެ އެވެ. 

މިފަދަ މަސައްކަތްތަކުގައި ހަރަކާތްތެރިވެ އުޅޭ ދަރުމަވެރިން ތަމްރީންކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުފެދިފައިވާ ދިވެހި ރެޑް ކްރެސެންޓްގެ ޔުނިޓްތައް މި ރޮނގުތަކުން ތަރައްގީކުރުމަށް އެހީތެރިކަންވެސް ލިބިގެން ދާނެ އެވެ.

"ދިވެހި ރެޑް ކްރެސެންޓްގެ ޓީމާއި ހުރިހާ ވޮލަންޓިޔަރުން ކުރައްވަވާ މުހިންމު މަސައްކަތުގެ އަގު ވަޒަންކޮށް ރެޑް ކްރެސެންޓް ދުވަހުގެ ތަހުނިޔާ ދިރާގުގެ މެނޭޖްމަންޓާއި ހުރިހާ މުވައްޒަފުންގެ ފަރާތުން އަރިސް ކުރަން. އަދި ދިވެހި ރެޑް ކްރެސެންޓު ގެ ކޯޕަރޭޓް މެމްބާޝިޕް އާކޮށް ދިވެހި ރެޑް ކްރެސެންޓުން ކުރައްވާ އަގުހުރި ގައުމީ މަސައްކަތަށް އެއްބާރުލުން ދިނުމަކީ ދިރާގަށް ލިބޭ ވަރަށް ބޮޑު އުފަލެއް" ދިރާގުގެ ޑިރެކްޓާ، ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރުޝާން ހަސަން ވިދާޅުވި އެވެ.

ދިރާގުގެ ކޯޕަރޭޓް މެމްބާޝިޕްގެ އިތުރުން، ދިވެހި ރެޑް ކްރެސެންޓުން ފޯރުކޮށްދޭ ނަފްސާނީ އިޖުތިމާއީ ދުޅަހެޔޮކަން ފޯރުކޮށް ދިނުމަށާއި ބިދޭސީންނަށް އެހީ ފޯރުކޮށްދިނުމުގެ ގޮތުން އެކުލަވާލި ޓޯލް ފްރީ ހެލްޕްލައިން ފަދަ ޓެލެކޮމިއުނިކޭޝަން އާއި ގުޅުން ހުރި ހިދުމަތްތައް ދިނުމުގައި ދިރާގުން އެހީތެރިކަން ފޯރުކޮށްދީފައިވާކަން ފާހަގަ ކުރެވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް