ads
ހަމަލާގައި ޒަހަމުވިމީހާ ހޮސްޕިޓަލަށް ގެންދަނީ
މީޑިއާނެޓު އޮފީހަށް ބަޔަކު ވަދެ މީހަކު ޒަހަމުކޮށްލައިފި
އޯކިޑުމަގުގައި ހުންނަ މީޑިއާނެޓު އޮފީހަށް ބަޔަކު ވަދެ މީހަކު ޒަހަމުކޮށްލައިފި އެވެ.

ހަމަލާދިނުމުން ޒަހަމުވި މީހާއަށް މިހާރު ދަނީ އޭޑީކޭގައި ފަރުވާދެމުން ނެވެ.

މީޑިއާނެޓު އޮފީހަށްވަދެ މީހަކު ޒަހަމުކޮށްލާފައިވާކަމުގެ ރިޕޯޓު 17:48 ގައި ލިބިފައިވާކަމާއި ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމަށް ބުނުން ފިޔަވައި އިތުރު މައުލޫމާތެއް މިކަމާއި ގުޅިގެން، ފުލުހުން ނުދެއެވެ.

އެތަނުގައި ފުލުހުން ހަރަކާތްތެރިވަމުންދާއިރު، އަނިޔާވި މީހާއަށް ލިބިފައިވަނީ ކިހާވެރެެއްގެ އަނިޔާއެއްކަން އަދި ސާފެއްް ނުވެއެވެ.

މިދިޔަ ހޯމަ ދުވަހުވެސް މާލޭމަގުނަތީގައި ވަނީ މާރާމާރީއެއް ހިންގައި ދެމީހަކު ޒަހަމުކޮށްލާފަ އެވެ. އެ ސަރަހައްދުގައި ހުރި މީހަކު އެދުވަހު "ސީއެންއެމް" އަށް ބުނީ، ގުރޫޕަކުން އައިސް މަގުގައި ތިބި ބަޔަކާއި މާރާމާރީ ހިންގީ ކަމަށާއި، މާރާމާރީގައި ދަގަނޑު ބުރި އާއި ލަކުޑިބުރި ފަދަ ތަކެތި ބޭނުން ކޮށްފައި ވާކަމަށެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް