ads
ޗީފް އޮފް ސްޓާފް އަލީ ޒާހިރު
އަލީ ޒާހިރު ސުޕްރީމް ކޯޓަށް
ޗީފް އޮސް ސްޓާފް އަލީ ޒާހިރު، މޮރިޝަސް ކޮމާޝަލް ބޭންކަށް ދޭއް ޕޮއިންޓް ތިނެއް މިލިއަން ރުފިޔާ ދައްކަން އެންގި އެންގުން ބާތިލުކުރަން އޭނާގެ ފަރާތުން އެންމެ ފަހުން ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.

އަލީ ޒާހިރުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ ހައިކޯޓުން އެ މައްސަލަ އޭނާއަށް ކާމިޔާބު ނުވުމުންނެވެ. ހައިކޯޓުންވެސް ސިވިލް ކޯޓުންވެސް އެ މައްސަލައިގައި ނިންމާފައިވަނީ މޮރިޝަން ކޮމާރޝަލް ބޭންކަށް ފައިސާ ދެއްކުމަށް އަންގާފައިވާ އެންގުން ބާތިލު ކުރާނެ ތަނެއް ނެތް ކަމަށެެ. މި މައްސަލައަކީ ރިޔާސި އިންތިހާބު އޮތް އަހަރު، މޮރިޝަސް ބޭންކުގެ ޗެކެެއް ދޫކޮށް، އެކައުންޓްގައި ފައިސާ ނެތީސް އޯވަޑްރާފްޓްގެ ގޮތުގައި ބޭންކުން އެ ޗެކަށް ފައިސާ ދޫކުރި މައްސަލައެވެ.

މި މައްސަލައިގައި އަލީ ޒާހިރު އެ ޗެކް ދޫކުރެއްވި ކަމަށް މައުލޫމާތު ލިބިފައިވާނީ އޭނާގެ އެކައުންޓަށް ހަތަރު މިލިއަން ޖަމާވިކަމުގެ ލިޔުމެއް ބޭންކުން ދިނުމުންނެވެ. އެހެންނަމަވެސް ޗެކު ދޫކުރިއިރު އެ ފައިސާ އެކައުންޓަށް ޖަމާނުވެއެވެ. ނަމަވެސް ބޭންކުން އެ ޗެކަށް ފައިސާ ދޫކުރުމަށް ފަހު އަލީ ޒާހިރަށް އެންގީ އޭނާ އެ ފައިސާ ބޭންކަށް ދައްކަވަން ޖެހޭނެ ކަމަށެވެ.

އަލީ ޒާހިރުގެ ފަރާތުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައިވާއިރު، ފަނޑިޔާރުންނަށް އަލީ ޒާހިރު ނުފޫޒު ފޯރުވާކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެއެވެ. އަދި އިސްތިއުފާ ދެއްވާފައިވާ ބައެއް ފަނޑިޔާރުންވަނީ އެކަން އެގޮތަށް ހިނގާކަމަށްވެސް ބުނެފައެވެ. ސުޕްރީމް ކޯޓަށް އަލީ ޒާހިރުގެ ފަރާތުން ހުށަހެޅި މައްސަލަ ބަލައިގަތުމާމެދު އެ ކޯޓުން އަދި ވަކި ގޮތެއް ނުނިންމައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް