ރައީސް ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ ކޮންގްރެސް ހުޅުވުމަށް މިރޭ ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ނަޝީދުގެ ވާހަކަފުޅުގައި ވިދާޅުވީ، މިއަދު ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް އެމްޑީޕީގެ އެތައް މެމްބަރުން ބޭނުންވާކަމަށާއި މިއީ މިއަދު އެމްޑީޕީގެ ކޮންގްރެސްއިން ނިންމަންވީ އެންމެ މުހިންމު ނިންމުން ކަމަށެވެ.
މީގެ އިތުރުން ރައީސް ނަޝީދު ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކޮށްގެން ނޫންގޮތަކަށް އެމްޑީޕީއަށް ކާމިޔާބު ނުވާނެކަމަށް ވިދާޅުވެފަ އެވެ. ރައީސް ސޯލިހުގެ ނަންފުޅު ވިދާޅުވެ ރައީސް ނަޝީދު މިހެން ވިދާޅުވެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވީ އެމަނިކުފާނު މީގެ ދެތިން ރޭ ކުރިން ޖެހި ހިސާބަކީ އެމްޑީޕީގެ ކުރިމަގަށް ބަލައި ވަރަށް ދިރާސާ ކުރުމަށް ފަހު ޖެހި ހިސާބެއްކަމަށެވެ.
ބަރުލަމާނީ ނިޒާމު ގެނައުމަށް ރައީސް ނަޝީދު ކެމްޕެއިން ކުރަމުންދާ މިދަނޑިވަޅުގައި އެމްޑީޕީގެ ކޮންގްރެސްގައި ވެސް މިކަން ވަނީ އެޖެންޑާކޮށްފަ އެވެ.
އެހެން ނަމަވެސް ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރާނެކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ.