އެމެރިކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއް ރައީސް ވިދާޅުވީ، އެމެރިކާއަކީ މިނިވަން ގައުމެއްގެ ގޮތުގައި އަބަދުވެސް އޮތުމަށާއި ދާއިމީ ކުރިއެރުން ގައުމަށް ލިބުމަށް އެމަނިކުފާނު އެދިވަޑައިގަންނަވާ ކަމަށެވެ.
މިއަހަރަކީ އެމެރިކާގެ 249 ވަނަ މިނިވަން ދުވަހެވެ. އެމެރިކާގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ، އިނގިރޭސި ދައުލަތުން ވަކިވެ މިނިވަން ދައުލަތެއްގެ ގޮތުގައި އެމެރިކާ އިއުލާނު ކުރި ދުވަހެވެ.
ދިވެހިރާއްޖެއާއި އެމެރިކާއިން ސިޔާސީ ގުޅުން ޤާއިމްކޮށްފައިވަނީ 1966 ވަނަ އަހަރުއެވެ. ދިވެހިރާއްޖެ މިނިވަންކަން އިއުލާން ކުރުމާއެކު އެމެރިކާއިން ދިވެހި ރާއްޖެ ބަލައިގަނެ އެ ޤައުމުގެ ސަފީރެއް އައްޔަންކޮށްފައިވެއެވެ.