އެފްއޭ ކަޕްގެ ތިންވަނަ ހޮވާ މެޗު ކުޅެން ހަމަ ޖައްސާފައި އޮތީ މާދަމާ ހަވީރު އެވެ. އެހެންނަމަވެސް މާދަމާ ހަވީރުގެ މެޗުގައި ވާދަނުކުރަން ނިންމާފައިވާކަން ސުޕަ ޔުނައިޓެޑުން ރަސްމީކޮށް އެފްއޭއެމަށް އަންގާފައިވާ ކަމަށް އެފްއޭމުން ބުންޏެވެ.
ސުޕަ ޔުނައިޓެޑުން މެޗު ނުކުޅެން ނިންމީ ކީއްވެކަމެއް ނޭނގެ އެވެ. އެ ޓީމުވަނީ ކުއާޓާ ފައިނަލްގައި ވަރުގަދަ އީގަލްސް ކަޓުވާލާފަ އެވެ. އަދި އޭގެ ކުރިން ދެވަނަ ޑިވިޝަނުގެ ޓީމެއް ކޮޅަށް ދިހަ ލަނޑު ޖަހައިގެން ކުއާޓާ އިން ފުރުސަތު ހޯދި އެވެ. ސުޕަ ޔުނައިޓެޑް ބަލިވީ ސެމީގައި ޕެނަލްޓީ ޖަހައިގެން ވެލެންސިޔާ އަތުން ނެވެ.
ސުޕަ ޔުނައިޓެޑުން ތިންވަނަ ހޮވާ މެޗުގައި ނުކުޅެން ނިންމުމުން އެ ޓީމާ މެދު ފިޔަވަޅު އަޅާނެ ކަމަށް އެފްއޭއެމުންވަނީ ބުނެފަ އެވެ.