ads
ނަޝީދު
އެމްޑީޕީއަށް އަޅުގަނޑު މުހިންމެއް ނޫން: ރައީސް ނަޝީދު
އެމްޑީޕީއަށް ރައީސް މުހައްމަދު ނަޝީދާއި، ރައީސް އިބްރާހިމް ސޯލިހުވެސް މުހިންމު ނޫންކަމަށް އެ ޕާޓީގެ ރައީސް ނަޝީދު ވިދާޅުވެއްޖެ އެވެ.
Advertisement

ސޯޝަލް ސެންޓަރުގައި މިއަދު ކުރިއަށްދިޔަ އެމްޑީޕީ ކޮންގްރެސްގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެ ޕާޓީ މިހާރު އޮތް ހާލަތުން އަރައިގަތުމަށް ގޮތެއް ހޯދަން ޖެހޭ ކަމަށެވެ. 

" މި ޕާޓީއަކަށް އަޅުގަނޑު މުހިންމެއް ނޫން، އަދި ރައީސުލްޖުމްހުރިއްޔާވެސް މުހިންމެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.

މުހިންމީ ރައްޔިތުންނަށް ހެޔޮގޮތުގައި، ވެރިކަންކޮށްދެވި އެމީހުންގެ އާއްމު ހާލަތު ރަނގަޅުގޮތްތަކެއް ހޯދުން ކަމަށާއި، ވެރިކަން ހިންގަން އެންމެ ރަނގަޅުގޮތަކީ ރައްޔިތުންގެ ވަކީލުން މެދުވެރިކޮށްގެން އެކަން ކުރުން ކަމަށް ވަރަށް ބޮޑަށް ދެކިވަޑައިގަންނަވާ ކަމަށް ނަޝީދު ވިދާޅުވި އެވެ. 

އަދި ހީކޮށްގެން ހުރީ އެވިސްނުމާއި އެޕާޓީގެ ގިނަ މީހުންގެ ވިސްނުން އެއްގޮތްކަމަށް ކަމަށާއި، އެގޮތަށް މީގެ ކުރިން އުކުޅަހުގައި ބޭއްވުނު ކޮންގްރެސްގައިވެސް މަޝްވަރާކުރެވުނު ކަމަށް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް މިއަދު އެމްޑީޕީގެ ގިނަ މީހުންގެ ވިސްނުން ބަދަލުވެ، އެކަމާއި އިންކާރުކުރައްވާކަމަށް ނަޝީދު ވިދާޅުވި އެވެ. 

"އެ ކޮންގްރެސްގައި މަޝްވަރާ ކުރެވުނީ 18 މަސްދުވަހުގެ ތެރޭގައި ވެރިކަމުގެ ނިޒާމު ބަދަލުކުރުމާއި ގުޅޭގޮތުން މަސައްކަތްކުރުމަށް. ނަމަވެސް މިއަދު އަޅުގަނޑުމެންގެ ތެރެއިން އެބަޔަކު އެގޮތަކަށް ނުދެކޭ. އަޅުގަނޑު އަހާ ސުވާލަކީ އަދި އެދޭ އެދުމަކީ މި ޕާޓީ ބަރުލަމާނީ ނިޒާމަށް ތާއީދުކުރޭތޯ ނުވަތަ ނުކުރޭތޯ އެސުވާލު ނުކޮށް ތިބުން،" ނަޝީދު ވިދާޅުވި އެވެ.

އެހެންނަމަވެސް ރާއްޖޭގެ ރައްޔިތުންގެ ގާތުގައި އެ ސުވާލުކުރުމަށް އެމްޑީޕީއަށް ވެސް އެއްބަސްވެވޭ ކަމަށާއި، ގަރާރުގައި ވާނީ ޕާޓީން އެކަމަށް ގޮތެއް ނިންމުމަށް ނޫންކަމާއި، ރައްޔިތުންގެ ގާތުގައި އަހާ ވާހަކަ ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި އެ ސުވާލު އެ ޕާޓީގެ މެމްބަރުންގެ ގާތުގައި އަހާ އެކަމަށް ޕާޓީން ގޮތެއް ނިންމަވަން ބޭނުން ނުވާ ކަމަށް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ޕާޓީތެރޭ ހައިޖާނު އުފެދި، ބައިބައިވެގެންދިޔަ ޕާޓީތަކުގެ ތެރެއިން ފެނިގެންދިޔަ ކުރިމަތީ ހުރި މޭޒު ތަޅައިގެން ދިޔަ މަންޒަރު ދެކެން އެމަނިކުފާނު ބޭނުން ނުވާކަމަށާއި އެ މަންޒަރު ނުވެސް ފެންނާނެ ކަމަށެވެ.

އެމްޑީޕީއަށް ނަޝީދު މުހިންމު ނޫންކަމަށާއި، އުކުޅަހު ކޮންގްރެސްގައި ވީ ނިޒާމު ބަދަލުކުރުމުގެ ވައުދު މިއަދު އެމްޑީޕީ ތެރެއިން އުވިގެން ހިގައްޖެކަމަށް ވިދާޅުވެ ނަޝީދު ވާހަކަދައްކަވާފައިވާއިރު، އެ ވިދާޅުވި އުކުޅަހު ކޮންގްރެސްގައި، ނިންމި މެނިފެސްޓޯގައި އޮތީ ރައީސް ސޯލިހް ވެރިކަން ހިންގަވަން ވާނެ ގޮތް ސާފުކޮށް ލިޔެ ބަޔާންކޮށްފަ އެވެ. 

އެގޮތުން 2020 ވަނަ އަހަރުގެ ކުރިއަށް ޤާނޫނު އަސާސީ އިސްލާހު ކޮށް އެއަށް އަމަލު ކުރާން ފަށަންވާނެ ކަމާއި، އިސްލާހު ކުރެވުނު ގާނޫނު އަސާސީ ބަޔާންކުރާ އުސޫލުން ކަނޑައަޅާ ރައީސުލް ޖުމްހޫރިއްޔާއަކީ ދައުލަތުގެ އެންމެ މަތީ ވެރިޔާ ކަމާއި ސިފައިންނާއި ފުލުހުންގެ އެންމެ މަތީ ވެރިޔާއަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށް އެ މެނިފެސްޓޯގައި ވެއެވެ.

އެތައް ބައެއްގެ ވޯޓުން ވެރިކަމަށް އައިސް ތާއީދު ލިބެމުންދިޔަޔަސް ރައީސް ސޯލިހް ވެެރިކަމާއި ހަވާލުވީ މި މެނިފެސްޓޯގައި ލިޔެވި ލަގަބުކުރެވުނު “ވަގުތީ ރައީސް”ގެ ހައިސިއްްޔަތުން ނެވެ.

އެމްޑީޕީގެ އެފަހަރުގެ ޕްރައިމަރީގައި ވާދަކޮށް 43922 މެންބަރުންގެ ތާއީދާއިއެކު 2018ވަނަ އަހަރުގެ ރިޔާސީ ކެނޑިޑޭޓަކަށް ނެެރުމަށް ނިންމާފައި އޮތީ ރައީސް ނަޝީދެވެ. އެހެންނަމަވެސް އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމާއި، ދައުވާތަކުގެ ސަބަބުން އެކަން އެމަގުން ކުރުމަށް ހާލަތު ތަން ނުދިނީއެވެ.


ބަރުލަމާނީ ނިޒާމަކަަށް ވެރިކަން ފުރޮޅާލައްވާ، ބޮޑުވަޒީރެއްގެ ގޮތުގައި ގައުމު ހިންގަން ބޭނުންވާ ވާހަކަ ރައީސް ނަޝީދު މިއަދު އެދައްކަވަނީ އަލަކަށް ނޫނެވެ. 

އެމަނިކުފާނު ބޮޑުވަޒީރުކަމުގެ ޝައުގުވެރިކަން ފާޅުކުރައްވާ އެވާހަކަ ރައީސް ސޯލިހަށް ދެންނެވިތަން އާއްމުންނަށް ފެނުނީ މިއަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ނަމަވެސް އެކަން އެހެން ކުރައްވަން ޖެހުނީ މެނިފެސްޓޯގައި އެބުނާ އެއްއަހަރު ފަހަނައަޅާ ދިޔައިރު ވެރިކަމުގެ ބާރުތައް ދޫކޮށްލައްވަން ރައީސް ސޯލިހް ބޭނުން ނުވީމަކަމަށް ބެލެވެއެވެ. 

68%
ކަމުގޮސްފި
9%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
9%
ވަރަށް ސަލާމް
ކޮމެންޓްސް