މިހާރު މާލޭގައި ކުރިއަށްދާ އެމްޑީޕީގެ ކޮންގެރެސްގެ ހަވާސާގައި ވާހަކަ ދައްކަވަމުން ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވީ އެމްޑީޕީގެ ކޮންގްސްރަސްމަނުންގެ މެދުގައި މިއަދު ވަރުގަދަ ބަހުސެއް ކުރިއަށްދާނެ ކަމަށެވެ.
ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވާފައިވާ ގަރާރު އަނބުރާ ގެންދެވުމަށް ރައީސް ސާލިހު ކުރިން އިލްތިމާސް ކުރެއްވިނަމަވެސް ރައީސް ނަޝީދު އެ ގޮތަކަށް އެކަން ނުކުރައްވައެވެ. ރައީސް ސާލިހު ވިދާޅުވީ ކޮންމެ ލީޑަރަކުވެސް ގައުމުގެ މުސްތަގުބަލާއި ޕާޓީގެ މުސްތަގުބަލަށް ވިސްނަވަން ވާނެ ކަމަށެވެ.