މި އަހަރުގެ މާރިޗު މަހު މި މަސައްކަތް އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައިވަނީ 165 ދުވަހުގެ ތެރޭގައި ނިންމަން ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. އެހެން ނަމަވެސް އެ މުއްދަތު މިހާރު ފަހަނަ އަޅައި ގޮސްފައިވާއިރު ވެސް އަދި ވެސް ސްކޫލުގެ މަސައްކަތް ނުނިމެއެވެ.
ދިރާސީ އާ އަހަރުގެ ތިން ވަނަ ހަފްތާގެ ކިޔެވުން މިއަދު ފެށުނު އިރު، ހުޅުމާލޭ ފޭސް ޓޫގައި އިމާރާތް ކުރަން ފަށާފައިވާ މި ސްކޫލުގެ ދަރިވަރުން ދަނީ ހުޅުމާލޭގެ އެހެން ސްކޫލްތަކަށެވެ. ދިރާސީ އަހަރު ފެށުނު އިރު މަސައްކަތް ނިމޭނެ ކަމަށް ބެލެވިފައިވަނީ މި މަހުގެ 15 ވަނަ ދުވަހަށް ކަމަށް ވިޔަސް އެ ފަހުން ހަފްތާއެއްވީއިރުވެސް ސްކޫލުގެ މަސައްކަތް ނުނިމެ އެވެ.