ads
ވޭމަންޑޫ އަދި ކިނބިދޫ ކޯޒްވޭ އަކުން ގުޅަން ހުށަހެޅި ކޮންސެޕްޓް ކަމުނުދޭ: މިނިސްޓަރު
ވޭމަންޑޫ އަދި ކިނބިދޫ ކޯޒްވޭ އަކުން ގުޅާލުމަށް ހުށަހެޅި ކޮންސެޕްޓް ކަމުނުދާކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

މިނިސްޓާރ އަސްލަމް މިފަދައިން ވިދާޅުވެފައިވަނީ  ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.  

ވޭމަންޑޫ އަދި ކިނބިދޫ ކޯޒްވޭ އަކުން ގުޅާލުމަށް 2019 ވަނަ އަހަރު ބަޖްޓް ކޮށްފައި އޮތް އިރު އެކަމުގެ އަމަލީ މަސައްކަތް ފެށޭނެ ދުވަހަކާއި ގުޅޭގޮތުން ތިމަރަފުށީ ދާއިރާގެ މެމްބަރު ރިޔާޒް ސުވާލު ކުރެއްވުމުން އެކަމުގެ ޖަވާބުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ، 2019 ވަނަ އަހަރު އަދި 2020 ވަނަ އަހަރުގެ ބަޖެޓްގައި އެ މަސައްކަތަށް ޖުމުލަ 2.8 މިލިއަން ރުފިޔާ ޖަހާފައިވާކަމަށެވެ. އަދި އެ މަސައްކަތް ޑިޒައިން ކޮށް ފީޒިބިލިޓީއެއް ހެދުމަށް ބަޔަކާއި ހަވާލުކޮށް ކޮންސެޕްޓެއް ލިބިފައިވާކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ. އަދި ކޮންސެޕްޓް ކަމުނުދާކަމަށް ވިދާޅުވެ މިނިސްޓަރު އަސްލަމް ވިދާޅުވީ، ދެރަށް ދޭތެރޭގައި 3.5 ކޮލީމީޓަރު އެބަހުރި ކަމަށާއި އަދި ފަރުމަތިން ދެރަށް ދޭތެރެއަށް އިތުރު ރަށެއް ވަންނަކަމަށެވެ. ދެރަށް ގުޅުވުމަށް ހަދާ ކޯޒްވޭ ވެލި ފާލަމަކުން ހަދަން އެއްބަސް ނުވެވޭނެކަމަށާއި ކޯޒްވޭ ހަދަންޖެހޭނީ ތަނބުޖަހައިގެން ކަމަށެވެ. އަދި އެކަމަށް ގާތްގަނޑަކަށް 700 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ވިދާޅުވި އެވެ.

"މި ރާއްޖެއަކީ ޖަޒީރާ ރާއްޖެއަަކަށް ވެފައި، އަޅުގަނޑުމެންނަކީ، އޯޝަނިކް، ނޫނީ އޮންވޯޓާ ލިވިންގައި އުޅޭ ބަޔަކަށްވާން އަޅުގަނޑުމެން އެބަ ވިސްނުން ގެންގުޅެން ޖެހޭ."

މިނިސްޓަރު އަސްލަމް ވިދާޅުވީ ވިސްނުމަށް ބަދަލެއް ގެނެސްގެން، ދެރަށް ގުޅާލުމަށް ވެލިފާލަމެއް ހެދުމުގެ ބަދަލުގައި ރާއްޖޭގެ ތަބީއަތާއިއެއްގޮތަށް ޖަޒީރާވަންތަ ސިފައިގައި ތަރައްޤީ ކުރެވެން ޖެހޭ ކަމުގައެވެ. މިނިސްޓަރ އަސްލަމް ވިދާޅުވީ، ކިނބިދޫގެ ކޯޒުވޭ އެޅުމުގެ ބަދަލުގައި ފަޅުތެރޭގައި ބައްތިޖަހައި، ވޯޓާވޭއެއް ހަދައި، އަދި އެތަނުގައި ބޭނުން ކުރެވޭނެ އުޅަނދުތަކެއް ތައާރަފް ކުރުމަކީ، ރާއްޖޭގެ ވެއްޓާއި މާބޮޑަށްވެސް ގުޅޭނެ އަދި ހަރަދު ކުޑަ ގޮތަކަށް ވާނެކަމަށެވެ.

3%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
84%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް