ads
ރައީސް ސާލިހު އަދި ރައީސް ނަޝީދު
އެމްޑީޕީ ކޮންގެރެސް: ރައީސް ސާލިހުއާ ރައީސް ނަޝީދުގެ ކުއްލި ބައްދަލުވުމެއް
މިހާރު ކުރިއަށްދާ އެމްޑީޕީގެ ކޮންގްރެސްގައި އާންމު ވޯޓަކުން ވޯޓު ނެގުމަށް ހުށަހެޅި ހުށަހެޅުމާމެދު ވޯޓު ނަގަމުންދަނިކޮށް، ރައީސް އިބްރާހީމް މުހައްމަދު ސާލިހާ، ރައީސް މުހައްމަދު ނަޝީދު އެކަހެރިވެވަޑައިގެން ކުއްލި މަޝްވަރާތަކެއް ކުރައްފައިފިއެވެ.

މި މަޝްވަރާތަކުގެ ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ. ރައީސް ސާލިހާ، ރައީސް ނަޝީދުގެ ކުއްލި ޑިސްކަޝަން ކުރިއަށްދިޔައީ ކޮންގްރެސް ހިނގަމުންދާ ހޯލްގެ ސްޓޭޖު މަތީގައެވެ. މި ޑިސްކަޝަންގައި އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއިލްވެސް ބައިވެރިވެވަޑައިގަތް މަންޒަރު ފެނިފައިވެއެވެ. ސްޓޭޖް މައްޗަށް ދެ ރައީސުން ވަޑައިގެންނެވުމުގެ ކުރިން އެމްޑީޕީގެ ސީނިއަރ ބައެއް އެހެން މެންބަރުންނާއެކުވެސް ދެ ރައީސުން މަޝްވަރާ ކުރި މަންޒަރު ފެނިފައިވެއެވެ.

ދެ ރައީސުންގެ ކުއްލި މަޝްވަރާއެއް ކުރިއަށް ދިޔައިރު، ރައީސް ނަޝީދު ހުށަހަޅުއްވާފައިވާ ބަރުލަމާނީ ގަރާރާ މެދު ބަހުސްކުރުން ކޮންގެރެސްގެ މިއަދުގެ މެންދުރު ފަހު ދަންފަޅިއަށް އެޖެންޑާ ކުރެވިފައިވެއެވެ. މި ގަރާރު ނެންގެވުމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހު އިލްތިމާސް ކުރެއްވިނަމަވެސް ގަރާރު ނެންގެވުމަށް ރައީސް ނަޝީދުވަނީ ދެކޮޅު ހައްދަވާފައެވެ.

0%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް