ads
ނޫސްވެރިޔާ އަބްދުﷲ ނަސީރު
ދައުވާކުރަން ފޮނުވުމަށްފަހު ނަސީރު ވެސް ބަންދުން ދޫކޮށްލައިފި
އެއް ޖިއްސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ނޫސްވެރިޔާ އަބްދުﷲ ނަސީރު އިބްރާހީމުގެ މައްޗަށް ދައުވާކުރަން ފޮނުވުމަށްފަހު، ފުލުހުންގެ ބަންދުން ދޫކޮށްލަައިފި އެވެ.

ނަސީރު ހައްޔަރުކުރީ ދައުރުވަމުންދިޔަ ވީޑިއޯތަކާއި ގުޅިގެން ޖުލަައި 29 ވަނަ ދުވަހު އެވެ. އޭނާ ފުރަތަމަ ބަންދު ކުރީ ދިހަ ދުވަހަށެވެ. އެ މުއްދަތު ހަމަވެގެން އަލުން ކޯޓަށް ގެންދިޔުމުން އިތުރު ތިން ދުވަސް ޖަހާފައިވެ އެވެ. އަދި ތިން ދުވަސް ތެރޭ ނަސީރުގެ ތަހުގީގާ ގުޅިގެން ދައުވާ ކުރުމަށް ޕްރޮސިކިއުޓަ ޖެނެރަލަށް ފޮނުވުމަށް ނުވަތަ އެކަމުގައި ނިންމާ ނިންމުމެއް ޝަރީއަތަށް ހުށަހަޅަން ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވެއެވެ. 

ފުލުހުން ބުނީ، އޭނާގެ މައްސަލަ މިމަހުގެ 18ވަނަ ދުވަހު ޕީޖީ އޮފީހަށް ފޮނުވާފައިވާތީ، އިތުރަށް ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށް ޕީޖީ އޮފީހުން ލާފާދީފައިވާތީ ބަންދުން ދޫކޮށްލީ ކަމަށެވެ.

އެއް ޖިއްސުން ގުޅުން ހިންގި މައްސަލައިގައި ހައްޔަރުކޮށް ދައުވާކުރި އެހެން މީހުންވެސް ވަނީ ދޫކޮށްލާފަ އެވެ. އެކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވުމަށްފަހު، ބަންދުގައި ބަހައްޓަން ޕީޖީ ލަފައެއް ނުދެއެވެ. އެއީ ކުށުގެ ބާވަތުން ބަންދުގައި ބަހައްޓަންޖެހޭ ވަރު ކުށެއް ކަމަށް ނުވާތީ ކަމަށް ޕީޖީ އޮފީހުން މީގެ ކުރިން ބުނެފައިވެއެވެ.

ލީކުވެގެން އުޅޭ ވީޑިއޯތަކާއި ގުޅިގެން،

  1. އަލްމްގީރާއި، 
  2. ރައީސް ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރާއި، 
  3. ސާޖަންޓް އަބްދުއްރަހުމާން ރަފީއުގެ އިތުރުން،
  4. ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު ވެސް ހައްޔަރުކުރި އެވެ.

ނަމަވެސް ދައުވާކުރުމާއި ހަމަޔަށް ދިއުމުގެ ކުރިން ނާޝިދު ހުރީ ދޫކޮށްލާފަ އެވެ. 

އޭގެފަހުން ބަންދުގައި ތިބި އަލަމްގީރާއި، ނާޒިމް އަދި ރަފީއުގެ މައްޗަށް ޖިންސީ ކުށުގެ ގާނޫނާއި ގާނޫނުލްއުގޫބާތުގެ ދަށުން، ދައުވާކުރުމަށް ފީޖީ އޮފީހަށް ފުލުހުން މިމަހުގެ ނުވަވަނަ ދުވަހު ވަނީ ފޮނުވާފަ އެވެ.

މިހާރު އެމައްސަލާގައި ތުހުމަތުކޮށް ހައްޔަރުކުރި މީހުންގެ ތެރެއިން ބަންދުގައި ހުރީ އަލަމްގީރް އެކަންޏެވެ. އެހެން އެންމެން ވަނީ ދޫކޮށްލާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް