މާޒިޔާ ޗެމްޕިއަންކަން ހޯދީ އާދިއްތަ ދުވަހުގެ ރޭ ކުޅުނު ފައިނަލް މެޗުގައި ކްލަބު ވެލެންސިޔާ ބަލިކޮށްގެނެވެ. ވެލެންސިޔާއާ މާޒިޔާ ކުޅުނު ފައިނަލް މެޗުން މާޒިޔާ މޮޅުވީ ދެ ލަނޑު ސުން ލަނޑުންނެވެ. ދެ ލަނޑުވެސް ޖެހީ މެޗުގެ ފުރަތަމަ ހާފުގައެވެ.
މި މުބާރާތުގެ ޗެމްޕިއަންކަމާއެކު މާޒިޔާ މިއަހަރުގެ ސީޒަން ނިންމާލީ ތިން ތަށި ހޯދައިގެންނެވެ. އެއީ ޗެރިޓީ ޝީލްޑާ، ލީގު އަދި އެފްއޭކަޕެވެ. ވެލެންސިޔާއަށްވެސް ސީޒަން ނިމިފައިވާއިރު ވެލެންސިޔާއަށް މި ސީޒަންގައި ލިބުނީ ޕްރެޒިޑެންޓްސް ކަޕެވެ.
މާ ބޮޑު ފޯރިއެއް ނެތް އެފްއޭއެކަޕްގެ ފައިނަލް މެޗު ރޭ ކުޅެވުނު އިރު، އިއްޔެ ހަވީރު ކުޅެން އޮތް ތިންވަނަ ހޮވާމެޗުވަނީ ކެންސަލްކޮށްފައެވެ. ތިންވަނަ ހޮވާ މެޗު ކެންސަލް ކުރީ އެ މެޗުގައި އެއް ކޮޅުން ކުޅެން އޮތް ސުޕަރ ޔުނައިޓެޑު މެޗު ނުކުޅެން ނިންމުމުންނެވެ.