ads
ފޮޓޯ: ސަން
ޤާސިމްގެ މަރު: ހެކި ހުށަހަޅައިގެން އިރާދަކުރެއްވިއްޔާ މައްސަލަ ސާބިތުކޮށްދެވޭނެ: ޕީޖީ
ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި ކަމަށް ދައުވާ ލިބޭ މުހައްމަދު އަދުހަމް ޝަރީއަތުގައި އިއުތިރާފުވުމަށްފަހު މިމައްސަލައިގައި މިއަދު ބޭއްވި އަވަސް ނިޔާ ޝަރީއަތުގެ މަޖިލީހުގައި އޭނާ ދައުވާއަށް އިންކާރު ކުރި ނަމަވެސް ހެކި ހުށަހަޅައިގެން މައްސަލަ ސާބިތު ކޮށްދެވޭނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ޝަރީއަތުގެ މަޖިލީހުގައި މިއަދު ވާހަކަދައްކަމުން އަދުހަމް ބުނީ އޭނާ ގަސްދުގައި މީހަކު މަރަލާފައި ނުވާނެ ކަމަށާއި މީގެކުރިން ކުށަށް އިއުތިރާފްވީ މަސްތުގެ ހާލަތުގައި ހުރެގެން ކަމަށެވެ. އަދުހަމް ބުނީ އޭނާ ކޯޓަށް ގެންނަނީ މަސްތުގެ ހާލަތުގައި ބަހައްޓައިގެން ކަމަށާއި އެކަން ކުރަނީ ފުލުހުން ކަމަށެވެ. އޭނާ އަށް ހޭވެރިކަންވީ ކަރެކްޝަންސްގެ ބެލުމުގެ ދަށުން މާފުއްޓަށް ގެންދިއުމުން ކަމަށްވެސް ބުންޏެވެ. 

ޤާސިމް މަރާލިކަމަށް އަދުހަމް ދެކޮޅުހަދާފައިވާއިރު، ޕީޖީ ޝަމީމް ވިދާޅުވެފައިވަނީ،  މިމައްސަލައިގައި ޝަރީއަތަށް ހެކި ހުށަހަޅައިގެން، ހެކީގެ މައްޗަށް ބިނާކޮށް، އިރާދަ ކުރެއްވިއްޔާ، ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކު މެރިކަން ޝަރީއަތަށް ސާބިތު ކޮށްދޭނެ ކަމަށެވެ. 

އަދުހަމް ދައުވާއަށް އިންކާރު ކޮށްފައިވާއިރު، މީގެ ކުރިން އޭނާ ވަނީ އެ ކުށަށް އެއްބަސްވެ އިއުތިރާފު އެއްބަސްވުމުގައި ސޮއިވެސް ކޮށްފައެވެ. 

ޤާސިމްގެ މަރުގެ މައްސަލައިގެ ތަހުގީގު މަރުހަލާގައި އަދުހަމް ކުށަށް އިއުތިރާފްވެފައިވާކަމަށް ފުލުހުން ބުނުމުންވެސް ޕީޖީ ޝަމީމް ވަނީ އެމައްސަލައިގައި ސާބިތު ކުރެވޭ ވަރަށް ހެކި ހޯދަންޖެހޭނެ ކަމަށް ވިދާޅުވެ ޓްވީޓް ކުރައްވާފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް