ads
ޕެސްޓް
ޕެސްޓްގެ ބޭންކް ސްޓޭޓްމެންޓް ބަލައިގަނެވޭނެ
މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓް)ގެ ބޭންކް ސްޓޭޓްމަންޓު ހެއްކެއްގެ ގޮތުގައި ބަލައިގަތުމަށް ހައިކޯޓުން ކްރިމިނަލް ކޯޓަށް އަންގައިފިއެވެ.

ހައިކޯޓުން ކްރިމިނަލް ކޯޓަށް މިގޮތަށް އެންގީ، ޕެސްޓްގެ ބޭންކް ސްޓޭޓްމެންޓްތައް ހެއްކެއްގެ ގޮތުގައި ހުށަހެޅުމާމެދު ގޮތެއް ކަނޑައަޅުމަށް ހައިކޯޓަށް ދައުލަތުން ހުށަހެޅި މައްސަލައިގެ ހުކުމުގައެވެ. މި މައްސަލައިގައި ކްރިމިނަލް ކޯޓުން އެ ހެކި ބަލައިނުގަތުމަށް ނިންމީ، އެ ހެކިތަކަކީ ގާނޫނާ ހިލާފަށް ހޯދި ހެކިތަކެއް ކަމަށް ބުނެ އިފްހާމްގެ ފަރާތުން ހުށަހެޅި ޝަރީއަތުގެ ކުރީގެ ހުށަހެޅުމަކާ ގުޅިގެންނެވެ. އެހެންނަމަވެސް ހައިކޯޓުން މިއަދުވަނީ އެ ނިންމުން ބާތިލުކޮށް، ބޭންކް ސްޓޭޓްމެންޓް ހެއްކެއްގެ ގޮތުގައި ހުށަހެޅޭނެ ކަމަށް ކަނޑައަޅާފައެވެ.

ހައިކޯޓުގައި މި މައްސަލަ ބެއްލެވީ މުހައްމަދު ނިޔާޒް، ފާތިމަތު ފަރުހީޒާ އަދި ޝުއައިބު ހުސެއިން ޒަކަރިއްޔާއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް