ads
ރައްޔިތުންގެ މަޖިލީހުގެ އިދާރާ
އެއް ޖިންސުން ގުޅުން ހިންގުމަކީ ބޮޑު ކުށަކަށް ހަދަން ހުށަހަޅައިފި
އެއް ޖިއްސުން ގުޅުން ހިންގުމަކީ ޖިނާއީ ބޮޑެތި ކުށްތަކުގެ ތެރޭގައި ހިމެނޭ ކުށަކަށް ހެދުމަށް ގާނޫނުލް އުގޫބާތަށް އިސްލާހެއް ހުށަހަޅައިފިއެވެ. ރިޕޯޓްތައް ބުނާ ގޮތުން މި އިސްލާހް ހުށަހެޅުއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމެވެ.

ގާސިމް ހުށައެޅުއްވި އިސްލާހާ ގުޅޭ ގޮތުން ރިޕޯޓްތައް ބުނަނީ، އެއް ޖިންސުން ގުޅުން ހިންގާ މީހުންނަކީ މުޖްތަމައުއަށް ނުރައްކާތެރި ބައެއް ކަމަށާއި. އެފަދަ މީހުންގެ ވަސްވާސް އެމީހާގެ އަމިއްލަ އާއިލާއާއި މުޅި މުޖްތަމައުއަށް ފޯރުމުގެ ކުރީން މުޖްތަމައުން އެކަހެރި ކުރަން ޖެހޭ ކަމަށް ގާސިމް ދެކެވަޑައިގަންނަވާ ކަމަށެވެ. އެހެން ކަމުން ރާއްޖޭގެ ގާނޫނުލް އުގޫބާތުގައި ބޮޑެތި ކުށްތަކެއް ކަމަށް ކަނޑައަޅާފައިވާ ކުށްތަކުގެ ތެރޭގައި މި ކުށް ހިމެނިފައި އޮންނަން ޖެހޭނެ ކަމަށް ގަބޫލު ކުރެވޭތީ އެ އިސްލާހު ފާސްކޮށްދެއްވާ މި ދެ ކުށް ޖިނާއީ ބޮޑެތި ކުށުގެ ތެރޭގައި ހިމަނަން ގާސިމްވަނީ ހުށައަޅުއްވާފައެވެ.

އެއް ޖިއްސުން ގުޅުން ހިންގުމަކީ ބޮޑު ކުށެއްގެ ގޮތުގައި ހިމެނުއްވުމަށް ގާސިމް ހުށަހަޅުއްވާފައިވާއިރު، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް އަބްދުއްސައްތާރު ހިމެނޭ ގޮތުން ހަތަރު މީހެއްގެ މައްޗަށް އެއް ޖިއްސުން ގުޅުން ހިންގި މައްސަލައިގައި ދައުވާ ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްވަނީ މިދިޔަ ހަފްތާގައި ޝަރީއަތަށް ހުށަހަޅާފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް