ads
ވީޑިއޯގެ މަންޒަރެއް
ތިނަދޫ ސްކޫލުގައި ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރަކަށް އަނިޔާކުރިއިރު، ޓީޗަރު ވެސް ހުރި
ގދ. ތިނަދޫ، "ގދ. އަތޮޅު ތައުލީމީ މަރުކަޒު" ގައި ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށް، ދަރިވަރަކު އަނިޔާކުރާ ވީޑިއޯއެއް އާއްމުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި ބުނެފައިވަނީ، އެކުއްޖާއަށް ކްލާސްރޫމުތެރޭގައި އަނިޔާކުރިއިރު ޓީޗަރުވެސް އެތާ ހުރި ކަމަށެވެ. ސީއެންއެމްއަށް މިކަން ވަނީ ކަށަވަރުކުރެވިފަ އެވެ. 

ދައުރުވަމުންދާ ވީޑިއޯއިން ފުރަތަމަ ފެންނަނީ، ކްލާސްރޫމެއްތެރޭ ދަރިވަރަކު ކުއްޖަކަކާއި ވާހަކަދައްކަން ހުންނަތަނެވެ. ވީޑިއޯއިން ކިޔާ އެއްޗެއް ސާފެއް ނުވެއެވެ. ނަމަވެސް އިރުކޮޅެއްތެރޭ ކުއްލިއަކަށް އިށީދެގެން އިން އޯޓިޒަމް ކުއްޖެއްކަމަށް ބުނާ ކުއްޖާގައިގާ ކޮޅަށް ހުރި ދަރިވަރު ތަޅާތަން ފެނެއެވެ.

ދަރިވަރު ގައިގާ ތަޅަން ފެށުމުން، ހުއްޓުވާތަން ފެންނަނީ ކްލާސްރޫމުގައި ތިބި އެހެން ކުދިންނެވެ. ކުއްޖާ ގައިގާ ވަރަށް ބޮޑަށް ތަޅާ މޭޒުތަކާއި ގޮޑިތައް ވެސް ވައްޓާލާތަން ވީޑިއޯއިން ފެނެއެވެ. ނަމަވެސް ޓީޗަރު އެކަން ހުއްޓުވަން އައި ތަނެއް ވީޑިއޯއިން ނުފެނެ އެވެ.

މިކަމާއި ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެމައްސަލަ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، މައްސަލަ ބަލަމުންދާ ކަމަށެވެ. ތިނަދޫ އަތޮޅު ތައުލީމީ މަރުކަޒާއި ވަގުތީގޮތުން ހަވާލުވެހުންނެވި އަޝްރަފް ފޯނަށް ޖަވާބުނުދެއްވާތީ، މިކަމާއި ގުޅިގެން އެ ސްކޫލުގެ ބަހެއް އަދި ނުލިބެ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް