ads
ޓެކްސީތަކުގައި ކެމެރާ ހަރުކުރަން ލާޒިމްކޮށްފި
ޓެކްސީތަކުގައި ޑޭޝް ކެމެރާ ހަރުކޮށް، ހިދުމަތް ފޯރުކޮށްދޭ ހުރިހާ ވަގުތެއްގައި އެ ކެމެރާއިން ރިކޯޑުކުރެވޭ ގޮތަށް ބެހެއްޓުމަށް ލާޒިމުކޮށް "ޓެކްސީ ގަވާއިދު" އާއްމުކޮށްފި އެވެ.
Advertisement

މިގަވާއިދުގެ ދަށުން ކާރު ޓެކްސީ ލައިސަންސް ލިބިފައިވާ އުޅަނދަކުން ޓެކްސީގެ ހިދުމަތް ދިނުމަށްޓަކައި އެ އުޅަނދެއްގައި ފުރިހަމަ ކުރަންޖެހޭ ގިނަކަންމެއްވަނީ ބަޔާންކޮށްފަ އެވެ. އެގޮތުން، ޓެކްސީތަކުގައި ޑޭޝް ކެމެރާ ހަރުކޮށް، ޓެކްސީ ހިދުމަތް ފޯރުކޮށްދޭ ހުރިހާ ވަގުތެއްގައި އެ ކެމެރާއިން ރިކޯޑުކޮށްފައި ހުންނަންވާނެ ކަމަށް ބަޔާންކޮށް، ގަވާއިދުގައި ވަނީ، އެގޮތަށް ކޮށްފައިވާ ރިކޯޑިންތައް، އެންމެ މަދުވެގެން ހަތް ދުވަހުގެ މުއްދަތަށް ބަހެއްޓުމަށްވެސް ލާޒިމުކޮށްފަ އެވެ. 

your imageކާރެއްގައި ޑޭޝް ކެމެރާ ހަރުކޮށްފައި---

މީގެ އިތުރުން މި ގަވާއިދުގައި ވަނީ، ޓެކްސީގެ ހިދުމަތް ދިނުމަށް ލައިސަންސް ދޫކުރުމާއި، ޓެކްސީ ހިދުމަތް ދިނުމުގެ މިންގަނޑުތަކާއި އުސޫލުތަކާއި، ޓެކްސީގައި ކުރާ ދަތުރުތަކަކީ މަގުމަތި ބޭނުންކުރާ އެންމެންނަށް ވެސް ރައްކައުތެރި އަމާން ދަތުރުތަކަކަށް ހެދުމާއި، ޓެކްސީގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމާއި، ޓެކްސީގެ ހިދުމަތް ލިބިގަންނަ ފަރާތާއި  ހިދުމަތްދޭ ފަރާތްތަކުގެ ޒިންމާއާއި ވާޖިބުތަކާއި، އާންމު ފަރާތްތަކުން ޓެކްސީގެ ހިދުމަތް ދިނުމުގެ އުސޫލުތައް ވެސް ބަޔާންކޮށްފަ އެވެ.

ގަވާއިދުގައި ވާގޮތުން، ޓެކްސީގެ ހިދުމަތް ދިނުމަށް އަގު ނަގަންވާނީ، މިނިސްޓްރީން ކަނޑައަޅައި އާންމުކުރާ އަދަދުތަކަށްވުރެ ބޮޑުނުވާ ގޮތަށެވެ. ޓެކްސީގެ ހިދުމަތް ލިބިގަންނަ ފަސިންޖަރުން، އަތުން ހިފައިގެން ހުންނަ އަތްދަބަހާއި ކޮތަޅުފަދަ ތަކެއްޗަށް އިތުރު އަގެއް ނަގައިގެން ނުވާނެއެވެ. އަދި އެއާއި ހިލާފަށް ޓެކްސީގެ ހިދުމަތް ދިނުމަށް އަގު ނެގުމަކީ މަނާކަމެއްކަމަށް ގަވާއިދުގައި ވެއެވެ. 

އުޅަނދުގައި “TAXI “މިގޮތަށް ލިޔެފައިވާ ބޯޑެއް ދިއްލޭގޮތަށް އުޅަނދުގެ ކުރިމަތިން ފެންނަން ހުންނަގޮތަށް ހަރުކުރުމާއި، މަގެއްގެ އަރިމަތީގައި ހުންނަ މީހަކު އުޅަނދަކަށް ބަލާއިރު، އެ އުޅަނދުން ދަތުރުކުރާ ފަސިންޖަރުން ސާފުކޮށް ފެންނަ ގޮތަށް ޓެކްސީގެ ބިއްލޫރި ހުރުންވެސް ވަނީ މިގަވާއިދުގެ ދަށުން ލާޒިމުކޮށްފަ އެވެ.

your imageޓެކްސީގެ ހިދުމަތް ބޭނުންކުރާކަން ނުވަތަ ނޫންކަން އަންގައިދޭ ސައިން-----

ގަވާއިދުގައި ވާގޮތުން، ޓެކްސީ ޑްރައިވަރުން، ޓެކްސީން ދަތުރުކުރާ ފަސިންޖަރުންނާ މުއާމަލާތު ކުރަންވާނީ، އިހުތިރާމާއެކު ރިވެތި ބަހުން ނެވެ. ޓެކްސީން ދަތުރުކުރާ ފަސިންޖަރުންގެ ލަގެޖް ޓެކްސީއަށް އަރުވައި ބާލައިދިނުމުގައި ޑްރައިވަރުން އެހީތެރިވާންޖެހޭއިރު، ބަލިމީހުންނާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި، ޖިސްމާނީ އުނިކަން އިހުސާސް ކުރަން ޖެހިފައިވާ މީހުން ބޭނުންކުރާ ފުރޮޅުލީ ގޮނޑި ފަދަ ތަކެއްޗަށް އިތުރު އަގެއް ނެގުމަކީ މަނާކަމެކެވެ. 

ފަސިންޖަރުން ޓެކްސީއަށް އަރައި ފައިބާއިރުގައްޔާއި ޓެކްސީގައި ދަތުރުކުރަމުންދާއިރު، ޑްރައިވަރަށް އުނދަގޫވާފަދަ އަމަލެއް ކޮށްގެން ނުވާނެ ކަމަށް ވެސް ގަވާއިދުގައި ބުނެފައިވެއެވެ. އަދި ފަސިންޖަރުން ޓެކްސީގެ ތެރޭގައި އެކަކު އަނެކަކަށް އުނދަގޫކޮށް، ޓެކްސީގެ ތެރޭގައި މަސްލަހަތު ގެއްލޭފަދަ އެއްވެސް އަމަލެއް ކޮށްގެން ނުވާނެ ކަމާއި، ފަސިންޖަރުން މޯބައިލް ފޯނު ފިޔަވައި، އަޑު ނުކުންނަ ބާވަތުގެ އެހެން ވަސީލަތެއް ބޭނުންކުރަންވާނީ، ހެޑްފޯނު ބޭނުންކޮށްގެން އަޑުއަހާގޮތަށް، ނުވަތަ ޓެކްސީ ޑްރައިވަރުގެ ރުހުމާއެކު ޑްރައިވަރަށް އުނދަގޫނުވާ ގޮތަށް ކަމަށްވެސް މި ގަވާއިދުގައި ބުނެފައިވެއެވެ. 

މީގެއިތުރުން ޓެކްސީގެ ތެރޭގައި ބޭނުންކުރާ މުއާސަލާތީ ސެޓް ފިޔަވައި އޯޑިއޯ އަދި ވީޑިއޯ ފެންނަ އިތުރު ވަސީލަތެއް ޑްރައިވަރުން ވެސް ބޭނުންކުރަންވާނީ، ފަސިންޖަރުންގެ ރުހުން ލިބިގެންނެވެ. ދަތުރެއް ކުރަމުންދާއިރު، ކުރަމުންދާ ދަތުރުގައި ފަސިންޖަރަކު އިންދައި ނުވަތަ އެއް ފަސިންޖަރަށްވުރެ ގިނަ ފަސިންޖަރުން ތިއްބައި، އިތުރު ފަސިންޖަރެއް އަރުވައިގެން ދަތުރުކުރުމަކީ ވެސް މަނާކަމެކެވެ. 

މި ގަވާއިދުގައިވާ ކަންކަން ޓެކްސީގެ ހިދުމަތް ނުވަތަ ޕްރައިވެޓް ހަޔަގެ ހިދުމަތްދޭ އުޅަނދެއްގައި ނުވަތަ އުޅަނދު ދުއްވަން އިންނަ ޑްރައިވަރުގެ ކިބައިގައި ފުރިހަމަވޭތޯ ބެލުމަށް، އެ އުޅަނދެއް ހުއްޓުވައި ބެލުމުގެ އިހްތިޔާރު، ދިވެހި ފުލުހުންގެ ހިދުމަތަށް މި ގަވާއިދުގެ ދަށުން ވަނީ ލިބިދީފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް