ads
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހްމަދު
އެޗްޑީސީގެ އެމްޑީ ސުހެއިލް އިސްތިއުފާ ދެއްވައިފި
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުކަމުން ސުހައިލް އަހުމަދު އިސްތިއުފާ ދެއްވައިފި އެވެ.

މައުލޫމާތު ލިބެނީ އޭނާ އިސްތިއުފާ ދެއްވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. އިސްތިއުފާ ދެއްވި ސަބަބެއް ސާފެއް ނުވެ އެވެ. މިކަމާއި ގުޅޭގޮތުން އެޗްޑީސީންވެސް ރަސްމީކޮށް އެއްވެސް އެއްޗެއް އަދި ނުބުނެ އެވެ. 

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި 2018 ވަނަ އަހަރުގެ ޑިސެމްބަރު މަސްތެރޭ، އެޗްޑީސީގެ އެމްޑީކަމާއި ހަވާލުވެވަޑައިގެން، މިއަދު އިސްތިއުފާ ދެއްވި ސުހެއިލް އެމަގާމު ވަނީ 2012 އިން 2015 އަށްވެސް އަދާކޮށްފަ އެވެ. 

ސުހެއިލް އެޗްޑީސީގެ އެމްޑީކަމުން އިސްތިއުފާ ދެއްވިއިރު، ރައީސް އޮފީހުގެ އިސްތަރުޖަމާން މަބްރޫކް އަޒީޒްވެސް ވަނީ އިއްޔެގެ ވަގުތެއްގައި އިސްތިއުފާ ދެއްވާފަ އެވެ. 

އަނބިކަަބަލުންނާއިއެކު ތައިލެންޑުގައި ޗުއްޓީގައި ހުންނަވާ މަބްރޫކް އިސްތިއުފާގެ ސިޓީ އިއްޔެ ރައީސް ސޯލިހަށް ފޮނުވާފައިވާއިރު، އޭނާ އިސްތިއުފާ ދެެއްވި ސަބަބެއްވެސް ސާފެއް ނުވެ އެވެ. ނަމަވެސް އެމަގާމަށް ވަރަށް އަވަހަށް ބޭފުޅަކު ހަމަޖެހޭނެ ކަމަށްވެސް ވަނީ އަޑުތައް ފެތުރިފަ އެވެ. 

އޭގެ އިތުރުން، މިދިޔަ ހަފްތާގެ ތެރޭގައި ފޮރިން މިނިސްޓްރީގެ ކޮމިޔުނިކޭޝަންސް ޑައިރެކްޓަރު މުހައްމަދު މިއުވާން ވެސް ވަނީ އެމަގާމުން އިސްތިއުފާ ދެއްވާފަ އެވެ. ނަމަވެސް އެމަގާމަށް މިހާރުވަނީ އެމްޑީޕީގެ އެކްޓިވިސްޓް ސަފާތު އަހުމަދު ޒާހިރު އައްޔަންކޮށްފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް