ads
މިސްޓާ ބީސްޓު
ކުޅަދާނަ ޔޫޓިއުބަރު މިސްޓާ ބީސްޓު ރާއްޖޭގައި
ދުނިޔޭގެ އެންމެ މަޝްހޫރު އެއް ޔޫޓިއުބަރު ކަމަށްވާ "މިސްޓާ ބީސްޓު" ރާއްޖެއަށް އައިސްފި އެވެ.
Advertisement

ސަތޭކަ ތިން މިލިއަނަށް ވުރެ ގިނަ ސަބްސްކްރައިބަރުން ތިބި ޖިމީ ޑޯނަލްޑްސަން ރާއްޖެ އައިސްފައި ވަނީ އިއްޔެގެ ވަގުތެއްގައި އެވެ.

އޭނާ ރާއްޖެ އައިސްފައި ވަނީ ވީޑިއޯ ތަކުން ފެންނަ އޭނާގެ ޓީމާއި އެކު އެވެ. 

ޓީއެމްއޭގެ ސަރަހައްދުގައި މިސްޓާ ބީސްޓް އާއި އޭނާގެ ޓީމު ހަރަކާތްތެރި ވަނިކޮށް އިއްޔެ ބައެއ ފަރާތްތަކަށް ވަނީ ފެނިފަ އެވެ. އެހެންނަމަވެސް އޭނާ ރާއްޖެއަށް އައީ ކީއްކުރަންކަން އެނގިފައެއް ނުވެ އެވެ. 

މިސްޓާ ބީސްޓް އަކީ ބޮޑެތި އަދަދުތަކުން ފައިސާގެ އެހީ މީހުންނަށް ދިނުމުގެ ސަބަބުން ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ މީހެކެވެ. މީގެ އިތުރުން އޭނާގެ ވީޑިއޯ ތަކުގައި ފެންނަ ވީޑިއޯ ތަކުން، ބައިވެރިން ކުޅޭ ގޭމު ތަކުން ވަނަ ތަކަށް ދާ ފަރާތްތަކަށް ގިނަ އަދަދެއްގެ ފައިސާ އާއި އަގު ބޮޑު ތަކެތި ހަދިޔާ ކުރެ އެވެ. 

ރިޕޯޓްތައް ބުނާ ގޮތުގައި މިދިއަ އަހަރު އޭނާ އަށް ފައިދާގެ ގޮތުގައި 54 މިލިއަން ޑޮލަރު ވަނީ ލިބިފަ އެވެ. 

27%
ކަމުގޮސްފި
63%
އަޑުއެހިތާ މިހުރީ
3%
ސަތޭކައަކުން ސުމެއް
7%
ވަރަށް ސަލާމް
ކޮމެންޓްސް