ads
ލ. ފޮނަދޫ
ފޮނަދޫގައި ނެޓުވޯކް ގާއިމުކުރުުމުގެ ހުއްދަ ފަންބޮޑިއެއް ނުދިން މައްސަލަ އޭސީސީން ބަލަނީ
ލ. ފޮނަދޫގައި "އޯޕަން އެކްސަސް ފައިބަ ނެޓްވޯކެއް" ގާއިމު ކުރުމުގެ ހުއްދަ "ފަންބޮނޑި މޯލްޑިވްސް" އަށް ނުދީ ހިފަހެއްޓީ އެރަށު ކައުންސިލު މެމްބަރުން މަގާމްގެ ނުފޫޒު ނާޖާއީޒު ގޮތުގައި ބޭނުންކޮށްގެން ކަރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ބުނާ މައްސަލައެއްގެ ތަހުގީގު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފަށައިފި އެވެ.
Advertisement

އެޑަވަކަޝީ ޗެމްބަސް ލޯފާމްގެ ފަރާތުން އޭސީސީ އަށް ހުށަހެޅި އެ މައްސަލަ ބަލައިގެނެފައިވާ ކަން އޭސީސީން “ސީއެންއެމް”އަށް ވަނީ ކަށަވަރުކޮށްދީފައެވެ. 

އޭސީސީން ބުނީ، މެއި މަސްތެރޭ ހުށަހަޅާފައިވާ އެމައްސަލަ ބަލައިގަނެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެެވެ. އެގޮތުން އޭސީސީން މިހާރު ވަނީ އެމައްސަލައިގެ ލިޔެކިޔުންތައް ހޯދުމަށް ފޮނަދޫ ކައުންސިލް އިދާރާއަށް އަންގާފަ އެވެ. 

ދިވެހި ރާއްޖޭގެ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގައި ސަރުކާރުގެ މުވައްޒަފުން ނާޖާއިޒު ފައިދާ ހޯދުމުގެ ކުށުގެ 12 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ ސަރުކާރު ނުވަތަ ސަރުކާރު ބައިވެރިވާ ފަރާތެއް ނުވަތަ މުވައްޒަފަކު، އޭނާ ވަޒީފާ އަދާކުރާ އޮފީހަކުން ނުވަތަ ތަނަކުން ކުރާކަމަކުން ނުވަތަ އެމުވައްޒަފެއްގެ ވަޒީފާ ބޭނުން ކޮށްގެން ނާޖާއީޒު ފައިދާއެއް ހޯދުމާއި ހޯދައިދިނުމަކީ ކުށެކެވެ. މިކުށުގެ އަދަބަކީ ގިނަވެގެން ތިން އަހަރު ދުވަހަށް ޖަލައްލުން ނުވަތަ އަރުވާލުން ނުވަތަ ގޭގައި ބަންދު ކުރުމެވެ. 

ފޮނަދޫގައި އޯޕަން އެކްސެސް ފައިބަ ނެޓްވޯކެއް ގާއިމް ކުރުމަށް ފަންބޮނޑިން ހުށަހެޅުމުން ފޮނަދޫ ކައުންސިލްގެ ރައީސް ސޮއިކުރައްވާ ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ، ތިން ފަރާތަކަށް ހުއްދަ ދެވި، އަމަލީ ގޮތުން އެފަރާތްތަކުން ހިދުމަތް ފޯރުކޮށްދެމުން ގެންދާތީ އިތުރު ފަރާތަކަށް މިވަގުތު ހުއްދަދިނުމަށް ހަމަޖެހިފައި ނުވާ ވާހަކަ ދަންނަވާ ކަމަށެވެ. ސިޓީގައި މިގޮތަށް ބުނެފައިވާއިރު،  ކަރަޕްޝަން މަނާ ކުރާ ގާނޫނުގައި ބުނެފައިވާ ނާޖާއީޒު ފައިދާއެއް ހޯދައިދިނުމަކީ ވެސް ކުށެކެވެ.

ފޮނަދޫ ކައުންސިލުން ފޮނުވި ސިޓީގައި ހުއްދަ ނުދޭނެ ކަމަށް ބުނެފައި ވާއިރު، މިމައްސަލާގައި ލޯކަލް ގަވަމެންޓް އޮތޯރިޓީން ވެސް ވަނީ އެހެން ފަރާތްތަކެކޭ އެއް ހަމައަކުން އެކުންފުންޏަށް ހުއްދަ ދިނުމަށް ފޮނަދޫ ކައުންސިލަށް އަންގާފަ އެވެ. އަދި ފޮންބޮނޑިއަށް އަދަލުވެރި ބަދަލު ހޯދުމުގެ ހައްގު ލިބިގެންވާ ކަމަށް ވެސް ބުނެފައި ވެއެވެ. 

މީގެއިތުރުން، ލ.އަތޮޅު ކައުންސިލުން ވެސް ބުނެފައި ވަނީ ފޮނަދޫ ކައުންސިލުން މިގޮތަށް އަންގާފައި ވަނީ އެއްވެސް އުސޫލެއް ހަމައެއް ނެތި ކަމަށެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް