ads
އޫރިދޫ ކަލަ ރަން
އުރީދޫ “ކަލަ ރަން”ގެ ބަދަލުގައި މިފަހަރު އޮތީ،”އުރީދޫ ފަން ރަން“
ރާއްޖޭގެ ދުވުމުގެ ސަގާފަތް ކުލަގަދަ ކޮށްލައި މަޖާ މާހައުލަކަށް ބަދަލުކޮށްދިން ”އުރީދޫ ކަލަ ރަން“ އަޕްގްރޭޑްކޮށް، އާ ކަންތައްތަކާ އެކު ”އުރީދޫ ފަން ރަން“ އިއުލާންކޮށްފި އެވެ.
Advertisement

މި އަހަރުގެ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ މި އުރީދޫ ފަން ރަން އިއުލާންކޮށްފައިވަނީ އުރީދޫއިން ޕޯސްޓްކުރި ފޯރިގަދަ ވީޑިއޯއަކުންނެވެ. 

އުރީދޫގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ، އާ ޓެގްލައިން "އަޕްގްރޭޑް ޔޯ ވޯލްޑް" އާއެކު، އޫރީދޫގެ ޕްރޮޑަކްޓްތަކާއި، ހިދުމަތްތަކާއި، އިވެންޓްތައް ވެސް ދަނީ އާ ހަރުފަތަކަށްގެންދިއުމަށް މަސައްކަތްކުރަމުން ކަމަށެވެ. އެގޮތުން މިއަދު، މުޖުތަމައު އެއްވެގެން ބާއްވާ އިވެންޓްކާއި ދުރުގައި ގިނަ ދުވަސްތަކަކަށްފަހު، އުރީދޫ ކަލާ ރަން އަޕްގްރޭޑްކޮށް، އުރީދޫ ފަން ރަން އިއުލާންކޮށް، ރީލޯންޗްކުރުމަކީ، ލިބޭ ވަރަށް ބޮޑު އުފަލެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.

“އުރީދޫ ފަން ރަން ވެގެންދާނީ ރާއްޖޭގައި ބާއްވާ އެންމެ އުފާވެރި ރަން އަށް، މި ރަންގައި އާއިލާ ތަކާއި އެކި އުމުރުފުރާތަކުގެ ރަހުމަތްތެރިންނަށް ވެސް ބައިވެރިވެ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ. ރާއްޖޭގެ ދުވުމުގެ މުޖުތަމައު ވަނީ ވޭތުވެދިޔަ އަހަރުތަކުގައި ވަރަށް ބޮޑަށް ކުރިއަރާފައި، އަޅުގަނޑުމެންގެ އުއްމީދަކީ މި ބޭއްވޭ އެންމެ އުފާވެރި ދުވުމުގައި ބައިވެރިވެ އިތުރު މީހުން ދުވުންފަދަ ހަރަކާތްތަކަށް ޝައުގުވެރިކަން އިތުރުވުން" ހާލިދް އަލް ހަމާދީ ވިދާޅުވި އެވެ.

އުރީދޫއިން ބުނިގޮތުގައި އަލަށް އަޕްގްރޭޑުކުރި “ފަން ރަން”ގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުމެވެ. 

ތަފާތު ހަރަކާތްތަކެއް ހިމެނޭ ފަސް ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށް ވެސް ބައިވެރިވުމަށް މަޖާވާނެ އިވެންޓެއް ކަމަށް އުރީދޫއިން ބުނެއެވެ.

ފަން ރަންގައި ކޮންމެ ކިލޯމީޓައެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި، ކުލަގައިގެ އިތުރުން ފެން އަދި މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެ އެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ ނޫނީ ނަށަމުން ވެސް މި ދުވުން ނިންމިދާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް