އެދަނބިދޫ ކައުންސިލާ ބައްދަލުކުރައްވައި ރަށުގެ ތަރައްގީއަށް ކުރެވެމުންދާ މަސައްކަތްތަކާ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވުމަށް އިއްޔެ ރައީސް އޮފީހުގައި ވަނީ ބައްދަލުވުމެއް ބާއްވާފަ އެވެ.
މިބައްދަލުވުމުގައި ދަނބިދޫ ކައުންސިލުން ބުނީ، ކުރީގެ ސަރުކާރުތަކުން ދަނބިދޫގައި މާގިނަ ތަރައްގީގެ މަޝްރޫއުތަކެއް ހިންގާފައި ނުވާތީ ރައްޔިތުން ތިބީ މާޔޫސްވެފައި ކަމަށެވެ.
ނަމަވެސް އެ މަޔާސްކަމުގައި ތިބެނިކޮށް މި ސަރުކާރުން ވެފައިވާ ގިނަ ވައުދުތަކާއި ބަޖެޓުގައި ހިމެނޭ ކަންތައްތައް ކުރަންފެށުމުގެ ސަބަބުން އެ ރަށުގެ ރައްޔިތުން މިސަރުކާރު ބަލައިގެންފައިވާކަމުގައި ކައުންސިލުން ބުންޏެވެ. އަދި އެކަމަށްޓަކައި، ދަނބިދޫގެ ރައްޔިތުންގެ ނަމުގައި، ސަރުކާރަށާއި ރައީސް ސޯލިހަށް ޝުކުރު އަދާކުރެއްވި އެވެ.
ނަމަވެސް ހަމަ އެ ބައްދަލުވުމުގައި ދަނބިދޫގެ ރައްޔިތުންނަށް މިހާރު ކުރިމަތިވަމުންދާ ގިނަ ދަތިތަކެއްވެސް ކައުންސިލުން ފާހަގަކުރެއްވި އެވެ.
ކައުންސިލުން ފާހަގަކުރި ދަތިތައް
މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ވަނީ ކައުންސިލުން އެންމެ އިސްކަންދީގެން ހައްލުކުރަން ބޭނުންވާކަންކަމުގެ މަަައުލޫމާތު ހޯއްދަވައި، ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާ މަޝްވަރާކުރައްވައި އެކަންކަން ބައްލަވައިދެއްވާނެކަމަށް ވިދާޅުވެފައެވެ.