ads
މުލަކަތޮޅަށް ރައީސް ކުރައްވާ ދަތުރުފުޅުގައި ފުރާވަޑައިގަންނަވަނީ
މުލަކަތޮޅުގެ ދަތުރުފުޅުގައި ރައީސް ސޯލިހު ފުރާވަޑައިގެންފި
މުލަކަތޮޅުގެ ފަސްރަށަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މިއަދު ހެނދުނު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފުރާވަޑައިގެންފި އެވެ.

މ.އަތޮޅަށް ކުރައްވާ މިދަތުރުފުޅުގައި އެންމެ ފުރަތަމަ ރައީސް ވަޑައިގަންނަ ވާނީ، އެއަތޮޅު ރަތްމަންދޫ އަށެވެ. މީގެ އިތުރުން، އެއަތޮޅު މަޑުއްވަރީ އާއި ދިއްގަރާއި ވޭވަށުގެ އިތުރުން އެއަތޮޅުގެ އަތޮޅުވެރިކަންކުރާ ރަށް، މުއްޔަށް ވެސް ރައީސް ވަޑައިގަންނަވާނެ އެވެ.

މިދަތުރުފުޅުގައި، އެ ރަށްރަށުގެ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކާއި ރައީސް ބައްދަލުކުރައްވާނެއެވެ. އަދި ބައެއްރަށްރަށުގެ ރައްޔިތުންނާއި ވެސް ބައްދަލުކުރައްވާނެ އެވެ. 

ރައީސްގެ މިދަތުރުފުޅުގައި ރަށްރަށުގައި ހިނގާ އުމުރާނީ ތަރައްޤީގެ މަޝްރޫއުތަކުގެ މަސައްކަތްތައް ކުރިޔަށްދާ ގޮތްވެސް ބައްލަވާ ލައްވާނެއެވެ.

މީގެ އިތުރުން ވޭވަށުގެ ބަނދަރާއި އެރަށުގައި އަލަށް އިމާރާތްކުރެވުނު އިންޖީނުގެ ހުޅުއްވައި ދެއްވައި، ދިއްގަރުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހްް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

މުލަކަތޮޅަށް ކުރައްވާ ރަސްމީ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ އިސް ބައެއް ބޭފުޅުން ބައިވެރިވެއެވެ. 

މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސް މާލެވަޑައިގަންނަވާނީ، ހޯމަ ދުވަހުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް