ads
ނޮޅިވަރަމްފަރު
ބަދިގޭގައި ރޯވެ، އަންހެނަކާއި، އޭނާގެ 2 އަހަރުގެ ދަރިފުޅަށް އަނިޔާވެއްޖެ
ހދ. ނޮޅިވަރަމްފަރުގައި ބަދިގެއެއްގައި ރޯވެ، އަންހެނަކާއި އޭނާގެ ދެ އަހަރުގެ ދަރިފުޅަށް އަނިޔާވެގެން ފަރުވާދޭން ފަށައިފި އެވެ.

އުމުރުން 32 އަހަރުގެ އަންހެންމީހާއާއި އޭނާގެ ދެ އަހަރުގެ ދަރިފުޅަށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާދެމުންނެވެ. 

ދެމައިންނަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ސާފެއްނުވެެއެވެ. އެގިފައިވާގޮތުގައި ދެމައިންގެ ގައިންވެސް އެކިތަންތަނުން ވަނީ ފިހިފައެވެ. ނަމަވެސް ދެމައިންގެ ހާލުވެސް ރަނގަޅުކަމަށް ނޮޅިވަރަމްފަރު ކައުންސިލުން މައުލޫމާތު ދެއެވެ.

މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު ހަތެއް ޖަހާކަށްހާއިރު، އެގޭގެ ބަދިގޭގައި ހުރި ގޭސްފުޅިން ގޭސް ލީކުވެގެން ނެވެ. އަލިފާން ހިފީ ގޭސްލީކުވެފައި ވަނިކޮށް އުނދުން ޖެއްސި ވަގުތު ކަމަށް އެގިފައިވެއެވެ.

އެމްއެންޑީއެފުން ބުނީ، އެ ހާދިސާގެ މައުލޫމާތު އެ އިދާރާއަށް ލިބިފައިނުވާކަމަށެވެ. ބައެއް ރަށްރަށަކީ ސިފައިންގެ ފަޔާ އެންޑް ރެސްކިއު ޓީމުތައް ހަރަކާތްތެރިނުވާ ރަށްރަށަށް ވުމުން، އެފަދަ ހާދިސާތަކަށް އެޓެންޑުވާނީ، އެ ރަށެއްގައި އުޅޭ ކޮމިއުނިޓީ ފަޔާ ފައިޓަރުން ކަމަށް އެމްއެންޑީއެފުން ބުނެއެވެ. 

ނަމަވެސް ބައެއް ހާލަތްތަކުގައި ކައިރި ރަށްރަށުގައި ސިފައިންގެ މަރުކަޒުތައް ގާއިމުވެފައިވާނަމަ ސިފައިން އެރަށްރަށަށް ދާނެ ކަމަށް އެ އިދާރާއިން ބުނެއެވެ.

ގޭސްފުޅިއެއް ގޮވައިގެން މިމަހުގެ ތެރޭގައި ގދ. ރަތަފަންދޫގައިވެސް ވަނީ 53 އަހަރުގެ އަންހެނަކު މަރުވެފައެވެ. އޭނާ މަރުވީ ލިބުނު އަނިޔާތަކަށް ފަރުވާކުރަމުން ދަނިކޮށެވެ.

4%
ކަމުގޮސްފި
18%
އަޑުއެހިތާ މިހުރީ
79%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް