ads
ރަތްމަންދޫއަށްފަހު، ރައީސް ވަނީ މަޑުއްވަރީއަށް ވަޑައިގެންފަ
ބަނދަރެއް ނެތް ރަތްމަންދޫއަށް ބަނދަރެއްގެ އުންމީދު ރައީސް ދެއްވައިފި
މ. ރަތްމަންދޫގެ ލަފާފުރުމުގެ ދަތިކަން ހައްލުކުރުމަށް އެރަށުގައި ބަނދަރެއް ހައްދަވައި ދެއްވާނެކަމުގެ އުންމީދު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ދެއްވައިފި އެެވެ.

ރަތްމަންދޫއަކީ މ.އަތޮޅުގައި ބަނދަރެއް ނެތް ހަމައެކަނި ރަށެވެ. އެރަށުގައި ލަފާފުރުމަށް ބޭނުންކުރަމުންދަނީ ޖެޓީ އެކެވެ.

އެ ޖެޓީ ބޭނުންކުރުމުގައި ވެސް ގިނަ ދަތިތަކެއް ދިމާވެއެވެ. އެކަން މިއަދު އެރަށު ކައުންސިލާއި ރައީސް ބައްދަލުކުރެއްވުމުންވެސް ފާހަގަކުރެއްވި އެވެ.

މުލަކައަތޮޅަށް ރައީސް ކުރައްވާ ދަތުރުފުޅުގައި މިއަދު ހެނދުނު ރަތްމަންދޫއަށް ވަޑައިގެން ރައްޔިތުންނާއި އެކު ބޭއްވި ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ، އެއީ އެމަނިކުފާނު އެރަށަށް ވަޑައިގެން ފުރަތަމަ ފަހަރު ކަމަށެވެ.

އެ ރަށަށް ވަޑައިގަތުމުން ބަނދަރެއްނެތި ޖެޓީއެއް އޮތުމުގެ ސަބަބުން ލަފާފުރުމުގައި ކުރިމަތިވާ ދަތިތައް ފާހަގަކުރެވުނު ކަމަށް ވިދާޅުވި އެވެ. އަދި ރަތްމަންދޫއަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަން ހައްލުކުރުމަށާއި، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެއްމަޝްރޫއެއްގެ ގޮތުގައި ކުރިޔަށް ގެންދެވުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ.

އަދި ރަތްމަންދޫ ފަދަ ރަށްރަށުގެ ސިއްހީ ދާއިރާގެ ތަރައްޤީއަށްޓަކައި ދަތުރުފަތުރުގެ ނިޒާމް ވަރަށް މުހިއްމުކަމަށާއި، ރާއްޖެ ޓްރާންސްޕޯޓް ލިންކު، ހައި ސްޕީޑް ފެރީގެ ނިޒާމުން ގުޅާލެވިގެންދާއިރު، މ.އަތޮޅުގައިވެސް ހައިސްޕީޑް ދަތުރުފަތުރުގެ ނިޒާމް ޤާއިމްކުރެވިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

your imageރައްޔިތުންނާއި ބައްދަލުކުރައްވަނީ

ރަތްމަންދޫއަކީ، މ އަތޮޅުގެ ރަށްތަކުގެ ތެރެއިން އެންމެ ކުޑަ އާބާދީއެއް އޮތް ރަށެވެ. މި ރަށުގެ ރަޖިސްޓްރީ އާބާދީއަކީ 231 އެވެ.

ރައީސް ސޯލިހު ވިދާޅުވީ މިސަރުކާރު އައިއިރު، ކުދި ރަށްރަށަށް ވުރެ އާބާދީ ބޮޑު ރަށްތަކަށް ދެވޭ ސަމާލުކަން ބޮޑުވެފައި އޮތް ނަމަވެސް، މިސަރުކާރު އައުމަށްފަހުގައި، އެއްވެސް ރަށެއް ތަފާތު ނުކޮށް ދިވެހިކޮންމެ ރައްޔިތަކަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. 

އެގޮތުން ރަތްމަންދޫގެ ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަމާއި ގުޅޭ ގޮތުން ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއާ އެކު ބޭއްވުނު ބައްދަލުވުމުގައި މަޝްވަރާކުރެވުނުކަން ފާހަގަކުރެއްވި އެވެ.

އެ ބައްދަލުވުމުގައި، ރައީސް ވިދާޅުވީ، މިހާރު ރަތްމަންދޫގައި ހިނގަމުންދާ މަޝްރޫއުތަކުގެ ތެރެއިން ފެނުގެ މަޝްރޫއު ޑިސެމްބަރުމަހުގައި ނިމޭއިރު، ނަރުދަމާގެ މަސައްކަތް އަންނަ އަހަރުގެ މާރިޗު މަހުގައި ނިމޭނެކަން އެމަޝްރޫއު ހިންގަމުންދާ ފެނަކަ ކޯޕަރޭޝަނުން މައުލޫމާތު ދޭ ކަމަށެވެ. މީގެ އިތުރުން ރަތްމަންދޫގައި ފުޓްސަލްދަނޑެއް އެޅުމާއި ވޮލީކޯޓެއް އެޅުމުގެ މަސައްކަތް މިހާރުވަނީ ބީލަމުގެ މަރުހަލާގައިކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

މިއީ އެމަނިކުފާނަށް ރަތްމަންދޫއަށް ޒިޔާރަތްކުރެއްވުނު އެންމެ ފުރަތަމަފަހަރުކަން ފާހަގަކުރައްވާ، ރަތްމަންދޫގެ ރައްޔިތުންގެ ފަރާތުން އެމަނިކުފާނަށާއި، ސަރުކާރުގެ ވަފުދަށް ދެންނެވި ހޫނު މަރުހަބާއަށްޓަކައި ރައީސް ޝުކުރު އަދާކުރެއްވިއެވެ.

your image

ރައީސުލްޖުމްހޫރިއްޔާ، ރަތްމަންދޫ ރައްޔިތުންނާއިއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ވަޒީރުންގެ މަޖިލީހުގެ މެމްބަރުން ވަނީ، މަޝްރޫޢުތަކާއިގުޅޭ ގޮތުން ރައްޔިތުން އޮޅުންފިލުއްވަން ބޭނުންވެފައިވާ ކަންކަން އޮޅުންފިލުއްވައި ދެއްވައި ހިންގަމުންދާ މަޝްރޫޢުތަކާއި އަދި ކުރިޔަށް ރޭވިފައި ހުރި މަޝްރޫއުތަކުގެ މައުލޫމާތު ވެސް ހިއްސާކުރައްވާފައިވެއެވެ.

ރަތްމަންދޫއަށް ފަހު، ރައީސް މިހާރު ވަނީ އެ އަތޮޅު މަޑުއްވަރީއަށް ވަޑައިގެންފައެވެ.

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް