ads
ޓައިވާނަށް ދަތުރު ކުރަމުންދާ އެމެރިކާގެ ހަނގުރާމަ މަތީ މަނަވަރު
އެމެރިކާއިން ޓައިވާނަށް ހަނގުރާމަމަތީ ދެ މަނަވަރު ފޮނުވައިފި
އެމެރިކާއިން ޓައިވާނަށް ހަނގުރާމަ މަތީ ދެ މަނަވަރު ފޮނުވައިފިއެވެ.
Advertisement

އެމެރިކާގެ ހައުސް ސްޕީކަރ ނެންސީ ޕެލޯސީ ތައިޕޭއަށް ކުރެއްވި ދަތުރުފުޅަށްފަހު، މިފަދަ ފުރަތަމަ މިޝަނެއްގައި އެމެރިކާއިން ޓައިވާން ސްޓްރެއިޓްއަށް އެގައުމުގެ ދެ މަނަވަރު ފޮނުވާފައިވާކަމަށް އެމެރިކާއިން ހޮނިހިރު ދުވަހު ވަނީ ހާމަކޮށްފައެވެ.

އެމެރިކާގެ 7 ވަނަ ފްލީޓުން ނެރުނު ބަޔާނަކާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓްކުރާ ގޮތުގައި، ޓިކޮންޑެރޯގާ ކްލާސް ގައިޑެޑް-މިސައިލް ކްރޫޒަރތައް ކަމަށްވާ ޔޫއެސްއެސް ޗާންސެލަރސްވިލް އާއި ޔޫއެސްއެސް އެންޓިޓަމް އިން ދަނީ އެ ސަރަހައްދުގެ ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުން ދަތުރުކުރަމުންނެވެ.

އެމެރިކާގެ 7 ވަނަ ފްލީޓުން ބުނާ ގޮތުގައި ހަނގުރާމަމަތީ މަނަވަރު ޓްރާންސިޓް ކުރުމަކީ "ރޫޓީން" އަދި "މިނިވަން އަދި ހުޅުވާލެވިފައިވާ އިންޑޯ-ޕެސިފިކް ސަރަހައްދަކަށް އެމެރިކާއިން ދޭ އަހައްމިއްޔަތުކަން ދައްކުވައިދޭ" ކަމެކެވެ. އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ މިޝަން ކުރިއަށް ގެންދަނީ "ބައިނަލްއަގްވާމީ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން" ކަމަށެވެ.

ޗައިނާގެ ޕީޕަލްސް ލިބަރޭޝަން އާމީ (ޕީއެލްއޭ)ގެ އީސްޓަން ތިއޭޓާ ކޮމާންޑްގެ ތަރުޖަމާނު ޝީ ޔީ ވިދާޅުވީ، ބޯޓުތައް ޓައިވާނަށް އައުމުގެ ސަބަބުން ޗައިނާގެ އަސްކަރިއްޔާ ހައި އެލާޓަށް ގެންގޮސްފައިވާ ކަމަށާއި، އެއްވެސް ކަހަލަ ނުރައްކަލެއް ކުރިމަތިވާފަދަ ކަމެއް ކުރުން ހުއްޓުވާނެ ކަމަށެވެ.

އެމެރިކާގެ ކަނޑުގެ އަސްކަރިއްޔާއިން ނެވިގޭޝަން އޮޕަރޭޝަންތަކުގެ ނަމުގައި ހިންގާ އޮޕަރޭޝަންތަކުގެ ސަބަބުން ބެއިޖިންއިން ވަނީ ރުޅިވެރިކަން ފާޅުކޮށްފައެވެ.

18%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
36%
ސަތޭކައަކުން ސުމެއް
45%
ވަރަށް ސަލާމް
ކޮމެންޓްސް