ads
އަލްގޯރިދްމިކްސް އިފްތިތާހުކޮށްދެއްވީ ފަސްޓްލޭޑީ ފަޒްނާ އަހްމަދު
އަލްގޯރިދްމިކްސް މޯލްޑިވްސް އިފްތިތާހުކޮށްފި
ރާއްޖޭގައި ފުރަތަމަ ފަހަރަށް އަލްގޯރިދްމިކްސް އިފްތިތާހުކޮށްފިއެވެ.

އަލްގޯރިދްމިކްސްއަކީ، ބައިނަލް އަގްވާމީ ނެޓްވޯކެއް އެކުލެވޭ އުމުރުން 6 އަހަރާއި 17 އަހަރުގެ ކުދިންނަށް ހާއްސަ ކޯޑިން ސްކޫލެކެވެ. މި ސްކޫލުގައި ކިޔަވައިދޭ ބައިތަކުގެ ތެރޭގައި ވިޝުއަލް ޕްރޮގްރާމިން، ޕައިތަން އަދި ގޭމް ޑިޒައިނިންގ ފަދަ ކޯސްތައް ހިމެނެއެވެ. މި ކޯސްތަކުގެ ތެރެއިން ވެބްސައިޓް ޑިޒައިން ކުރުމާ، ކާޓޫން، ގްރެފިކްސް ޑިޒައިން އަދި ވީޑިއޯ ގޭމާ ޕްރޮގްރާމިން ފަދަ ހުނަރުތައް ދަސްކޮށްދެވޭނެއެވެ.

އަލްގޯރިދްމިކްސްގެ ތެރެއިން ކުދިންނަށް ދަސްވާނީ ހަމައެކަނި ކޮމްޕިއުޓަރ ޕްރޮގްރާމިންއެއް ނޫނެވެ. ކޮމްޕިއުޓަރ ޕްރޮގްރާމިންގެ އިތުރުން ހުނަރުވެރި، ގާބިލް އުފުއްދުންތެރި، ޒިންމާދާރު ކުދިންނަށް ވުމަށް މީގެ ތެރެއިން ކުދިންނަށް ދަސްކޮށްދެވޭނެއެވެ. އަދި ފަހުރުވެރި މުޖުތަމައެއް ބިނާކުރުމުގެ މުހިއްމުކަން ކުދިންނަށް އުނގަންނައިދެވޭނެއެވެ.

މި ޕްރޮގްރާމްތަކުގައި ބައިވެރިވާ ކުދިންނަށް ކްރިޓިކަލް ތިންކިން، ލޮޖިކަލް ރީޒަނިން، ޕްރޮޖެކްޓް ޕްލޭނިން އަދި ކޮމިއުނިކޭޝަންސް ސްކިލްސް ފަދަ ހުނަރުތައް ދަސްކޮށްދެވޭނެއެވެ. އޮންލައިންކޮށް އަދި ފިޒިކަލްކޮށްވެސް އަލްގޮރިދްމިކްސްގެ ކްލާސްތައް ކުރިއަށް ގެންދެވޭނެއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް އަލްގޯރިދްމިކްސް އިފްތިތާހުކޮށްދެއްވީ ފަސްޓްލޭޑީ ފަޒްނާ އަހްމަދުއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް