ޕޮގްބާގެ ފަރާތުން މި މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާއިރު، މި މައްސަލަ ހުށަހެޅީ، ޕޮގްބާގެ ބޭބެ މަތިއަސް ޕޮގްބާ ސޯޝަލް މީޑިއާގައި ތަފާތު ވާހަކަތަކެއް ދައްކާ ވީޑިއޯއެއް ލީކުވުމާ ގުޅިގެންނެވެ. އެ ވީޑިއޯގައި ޕޮގްބާގެ ކެރިއަރާ ގުޅޭ ސިއްރު ވާހަކަތަކެއް ހިއްސާ ކުރާނެ ކަމަށް ބުނެފައިވެ އެވެ. އެ ވީޑިއޯއާ ގުޅިގެން، ޕޮގްބާ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ ފަދަ ވާހަކަތަކެއް އާއްމުވާނެ ކަމަށް ކުރިން ވެސް ބެލެވުނު ކަމަށެވެ.
މި މައްސަލަ ތަހުގީގު ކުރަނީ އިޓަލީ އާއި ފްރާންސްގެ ފުލުހުން ގުޅިގެންނެވެ.