މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގީ ރޭގެ ވަގުތެއްގަ އެވެ. ވަޅިން ހަމަލާދީ ޒަހަމް ކޮށްލި މީހާ އަށް މިހާރު އޭޑީކޭގައި ފަރުވާ ދެމުން އަންނަ އިރު އޭނާގެ ހާލަތާއި ގުޅޭ ތަފްސީލެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.
ވަޅިން ހަމަލާދީ ފިރިމީހާ ޒަހަމް ކޮށްލީ، ސިޔަސީ ދާއިރާގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ މީހެއްގެ ދަރިއެކެވެ.
މިކަމާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، މީހަކަށް އަނިޔާ ވެގެން އޭޑީކޭގައި ފަރުވާ ދެމުން އަންނަ ކަމުގެ މައުލޫމާތު ރޭ އެއިދާރާއަށް ލިބިފައި ވާކަމަށާއި، އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
މި މައްސަލަ އާއި ގުޅިގެން މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.