ads
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް..
ދަރިމައިވުމުގެ މައްސަލަތަކުގެ ފަރުވާ އާސަންދައިގައި ހިމަނަން ހުށަހަޅައިފި
ދަރިމައިވުމުގެ މައްސަލަ ދިމާވެފައިވާ ފަރާތްތަކަށް ބޭނުންވާ ބޭސްފަރުވާ ކުރުމަށް ހުރި ދަތިތަކަށް ހައްލު ހޯދުމަށް އާސަންދައިގެ ތެރެއިން ފަރުވާ ކުރެވޭނެ ގޮތް ހެދުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.
Advertisement

މި ގަރާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނީ، މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް އެވެ. މީކާއިލް ހުށަހެޅި ގަރާރުގައި ބުނެފައިވަނީ، ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ބޭސްފަރުވާގެ ހިދުމަތަކީ، ހިލޭ ލިބެންޖެހޭ ހިދުމަތެއް ކަމަށް ކަނޑައަޅައި، އިޖްތިމާއީ ސިއްހީ އިންޝުއަރެންސްގެ ނިޒާމެއް ގާއިމް ކޮށްފައި ވާއިރު، މި ނިޒާމުގެ ތެރެއިން ބޭސްފަރުވާގެ ބައެއް ކަންކަމަށް ފަރުވާ ނުދެވޭ ކަމީ އޮތް ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. 

އަދި ވަކިން ހާއްސަކޮށް ދަރިމައިވުމުގެ މައްސަލައާއި ކުރިމަތިލާންޖެހިފައިވާ ފަރާތްތަކަށް ބޭނުންވާ އެންމެ އަސާސީ ބޭސްތައްވެސް ރާއްޖެއިން ލިބެން ނުހުންނަ ކަމަށާއި، މިއީ ކަންބޮޑުވާ މައްސަލައެއް ކަމަށް އޭނާ ހުށަހެއެޅުއްވި ގަރާރުގައި ވަނީ ބުނެފަ އެވެ. އަދި މި އިޖްތިމާއީ ބޮޑު މައްސަލައަށް މިއަދާއި ހަމައަށްވެސް ދިރާސާއެއްވެސް ހެދިފައި ނުވާ ކަމަށް މީކާއިލް ވަނީ ބުނެފަ އެވެ.

"ދަރިމައިނުވުމުގެ މައްސަލައަށް ހާއްސަކުރެވިފައިވާ ސްޕެޝަލިސްޓުންގެ ހިދުމަތް ހޯދުން ރާއްޖޭގައި އިންތިހާއަށް ދަތިވެފައި، މި މައިގަނޑު މައްސަލައާއި ގުޅޭ އެއްވެސް ރަނގަޅު ފެންވަރުގެ ދިރާސާއެއް ނުވަތަ ތަފާސްހިސާބެއް ނެތް،" މީކާއިލް ހުށަހެޅުއްވި ގަރާރުގައި ވަނީ ބުނެފަ އެވެ.

މީގެ އިތުރުން މީކާއިލްގެ ގަރަރުގައި ދަރިމައިނުވުމުގެ މައްސަލައަށް ބޭނުންވާ އަސާސީ ބޭސް ރާއްޖެއިން ފަސޭހައިން ލިބޭނެ މަގު ފަހުކޮށްދީ، އެކަމަށް ބޭނުންވާ އަވަސް ހައްލު ހޯދުމަށްވެސް ވަނީ ގޮވާލާފަ އެވެ. 

މީކާއިލް ހުށަހެޅުއްވި ގަރާރަށް ތާއީދު ކުރައްވާ ވާހަކަފުޅު ދެއްކެވި ބައެއް މެމްބަރުން ވަނީ، މިކަމަށް ފަރުވާ ކުރަމުންދާ ފަރާތްތަކަށް ފަސޭހައިން ބޭސްކުރެވޭނެ ގޮތް ހަމަޖެހިގެން ދިއުމަކީ މުހިއްމު ކަމެއް ކަމަށް ފާހަގަ ކޮށްފަ އެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް