ads
އެމެރިކާއިން ކުރި ނިއުކްލިއާ ހަތިޔާރު ޓެސްޓެއްގެ ތެރެއިން
ނިއުކްލިއާ ހަތިޔާރު ދުނިޔެއިން ނައްތާލަން ޖެހޭ: އދގެ ސެކްރެޓަރީ ޖެނެރަލް
ނިއުކްލިއާ ހަތިޔާރު ދުނިޔެއިން ނައްތާލަން ޖެހޭ ކަމަށް އދ ގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވެއްޖެއެވެ.

ނިއުކްލިއަރ ހަތިޔާރު ތާރީޚުގެ ތެރެއަށް ފޮނުވާލަންޖެހެނީ އެހަތިޔާރުތަކަކީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުނުވާ ހަތިޔާރުތަކަކަށް ވާތީ ކަމަށާއި، އެހަތިޔާރުތަކުން ގައުމުތަކަށް ގެންނަނީ ހަލާކުއެކަނި ކަމަށް އދގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ވަނީ ވިދާޅުވެފައެވެ.

"އަހަރެމެންގެ ދުނިޔެ ވަނީ ނިއުކްލިއާ ހަތިޔާރުން ފުދޭ ވަރަކަށް ދިގު މުއްދަތަކަށް ހިފަހައްޓާފައި،" ގުޓަރޭސް ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

މަރުގެ އާލާތްތަކުގެ ގޮތުގައި އޭނާ ސިފަކުރެއްވި މި ހަތިޔާރުތަކަކީ އެ ހަތިޔާރުތައް ހުރި ގައުމުތަކަށް ނަސްރު ނުވަތަ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްނުދެވޭ ހަތިޔާރުތަކެއް ކަމަށް އދގެ ވެރިޔާ ވަނީ ވިދާޅުވެފަ އެވެ. 

ޔޫކްރެއިންގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި، އެހެން ސަރަޙައްދުތަކުގައި އުފެދިފައިވާ ނުތަނަވަސްކަމާއި، މޫސުމީ ކާރިސާއާއި، ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން މުޅި ދުނިޔެއަށް ކުރިމަތިވަމުންދާ ބިރުވެރިކަމަށްވުރެ މާބޮޑު ބިރުވެރިކަމެއް ނިއުކްލިއާ ހަތިޔާރުގެ ސަބަބުން ކުރިމަތިވެފައިވާކަމަށް ސެކްރެޓަރީ ޖެނެރަލް ވިދާޅުވިއެވެ.

"ނިއުކްލިއާ ހަތިޔާރު ބޭނުން ނުކުރާނެ ކަމުގެ ޔަގީންކަން ހަމައެކަނި ލިބޭނީ އެހަތިޔާރުތައް ނައްތާލައިގެން" ގުޓެރޭޒް ވިދާޅުވި އެވެ.

ނިއުކްލިއަރ ހަތިޔާރު މިހާރު ހުރީ އެމެރިކާ، އިނގިރޭސިވިލާތް، ރަޝިޔާ، ފަރަންސޭސިވިލާތް، ޗައިނާ، ޕާކިސްތާން، އިންޑިއާ، އިސްރާއީލް އަދި އުތުރު ކޮރެއާގައެވެ.

ސްޓޮކްހޯމް އިންޓަނޭޝަނަލް ޕީސް ރިސާޗް އިންސްޓިޓިއުޓް (އެސްއައިޕީއާރްއައި) އިން ބުނާ ގޮތުގައި "2022 ވަނަ އަހަރު ފެށުނުއިރު އަންދާޒާ ކުރެވޭ 12،705 ވޯހެޑްގެ ތެރެއިން ގާތްގަނޑަކަށް 9،440 ވޯހެޑް ހުރީ އަސްކަރީ ސްޓޮކްގައި، ބޭނުން ކުރެވިދާނެ ކަމަށް ބެލެވޭ ހާލަތަށް ގެނެސްފައެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް