މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައި ވަނީ، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި މަސައްކަތް ކުރަމުން ދިޔަ އުމުރުން 25 އަހަރުގެ މިމްރާހް ކިޔާ ޒުވާނެކެވެ.
މިކަމާއި ގުޅިގެން މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އުނގޫފާރުގައި ފީނަން ގޮސް އުޅުނު މީހަކު ގެންބިފައިވާ ކަމަށް މިއަދު ހަވީރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި އެ މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އެ މީހާ ނިޔާވެފައި ވާކަމަށް އުނގޫފާރު ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައި ވާކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ނިޔާވެފައި ވަނީ އުމުރުން 25 އަހަރުގެ ފިރިހެނެއް ކަމަށާއި، މިކަމާއި ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.