ads
ބުރިޖުގައި ސައިކަލު ދުއްވަނީ
ސިނަމާލެ ބުރިޖުން މިހާތަނަށް 100 މިލިއަން ދަތުރު ކޮށްފި
ރާއްޖޭގެ ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގާއިމް ކުރި ސިނަމާލެ ބުރިޖަށް ހަތަރު އަހަރު ވެފައި ވާއިރު، އެ ބުރިޖުން މިހާތަނަށް 100 މިލިއަން ދަތުރު ކޮށްފައި ވާކަމަށް ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީއިން ބުނެފި އެވެ.

ޗައިނާ ސަރުކާރުގެ ހިލޭގެ އެހީ އާއި ޗައިނާގެ ލޯނުގެ އިތުރުން ރާއްޖޭގެ ބަޖެޓުން މި ބުރިޖު ގާއިމް ކުރުމަށް 200 މިލިއަން ޑޮލަރު ވަނީ ހަރަދުވެފަ އެވެ. މި ބުރިޖަކީ ރާއްޖޭގައި މިހާތަނަށް ހިންގި އުމްރާނީ ތަރައްގީގެ އެންމެ ބޮޑު އެއް މަޝްރޫއު އެވެ. 

ސިނަމާލެ ބުރިޖަށް މިއަދު ހަތަރު އަހަރު ފުރުމުގެ މުނާސަބަތާއި ގުޅިގެން ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވާން ލިޝިން ވިދާޅުވީ މި ބްރިޖަކީ ރާއްޖެއާއި ޗައިނާގެ އެކުވެރިކަން ރަމްޒު ކޮށްދޭ ނިޝާނެއް ކަމަށާއި، މި ބުރިޖުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ހެޔޮ އަސަރު ކުރަމުން އަންނަ ކަމަށެވެ. 

މީގެ އިތުރުން ސަފީރު ވިދާޅުވީ، ބުރިޖު ހުޅުވުނު ފަހުން މިއަދާއި ހަމައަށް ބުރިޖުން 100 މިލިއަން ދަތުރު ކޮށްފައި ވާކަމަށާއި، ބުރިޖުގެ ސަބަބުން ދިވެހިންގެ ދަތުރުފަތުރަށް ފަސޭހަ ވެގެން ގޮސްފައި ވާކަމަށެވެ. 

"ފޮރިން މިނިސްޓަރު ޝާހިދު ވެސް ވިދާޅުވީ ބުރިޖަކީ ޗައިނާއާއި ރާއްޖޭގެ އެކުވެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާ ކޮށްދިން އަދި ރާއްޖެއަށް ވެސް އިތުރު ތަރައްގީ ގެނުވި މަޝްރޫއެއް ކަމަަށް. ސިނަމާލޭ ބްރިޖަކީ ބޮޑު އިންގިލާބެއް،" ސަފީރު ވިދާޅުވި އެވެ.

ސަފީރުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ދެގައުމުގެ ގުޅުމަށް 50 އަހަރު ފުރުން ގާތް ވެފައި ވާއިރު، ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކޮށް ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. 

ސިނަމާލެ ބުރިޖުގެ މަސައްކަތް ނިމި ބްރިޖް ހުޅުވީ 30 އޮގަސްޓް 2018 ގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް