ހަބަރު /

ފައުޒިއްޔާ: ފޮޓޯ --- އަވަސް
ފައުޒިއްޔާ ނިޔާވުމަކި ދިވެހި އުއްމަތަށް ލިބުނު އަނދިރި ކަމެއް: ރައީސް ނަޝީދު
މުހައްމަދު ރީހާން
30 އޯގަސްޓް 2022 - 16:33:46
ގިނަ ބައެއްގެ ލޯތްބާއި އިހުތިރާމް ހޯދައިފާ ރާއްޖޭގެ ކުރީގެ މަޝްހޫރު ފިލްމީ ތަރި ފައުޒިއްޔާ ހަސަން ނިޔާވުމަކީ ދިވެހި އުއްމަތަށް ލިބިނު އަނދިރި ކަމެއް ކަމަށް ރާއްޖޭގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ފައުޒިއްޔާ ނިޔާވީ ލަންކާ ހޮސްޕިޓަލުގައި މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ފައުޒިއްޔާ ޙަސަން (އުއްސަކުރު ފައުޒިއްޔާ) ފާހަގަ ކުރެވުނީ ވަރަށް ހިތްހެޔޮ ކަނބަލެއްގެ ގޮތުގަ އެވެ.
ފައުޒިއްޔާ ނިޔާވުމާއި ގުޅިގެން އާއިލާއަށް ތައުޒިޔާ ވިދާޅުވެ ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ ބްރޯޑްކާސްޓިން ހަޔާތާއި ފަންނީ ކަންކަމުގައި ވިދާދިޔަ އެންމެ އަލިގަދަ އެއް ތަރި އޮއްސުމަކީ ދިވެހި އުއްމަތަށް ލިބުނު އަނދިރި ކަމެއް ކަމަށެވެ.
"ފައުޒިއްޔާ ނިޔާވިމުގެ ހިތާމައިގައި ބައިވެރިވަން. މާތްﷲ މަރުހޫމާ އަށް ސުވަރުގެ މިންވަރު ކުރައްވާ، އާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން..." ރައީސް ނަޝީދު ވިދާޅުވި އެވެ.
މައުލޫމާތު ގޮތުގައި ފައުޒިއްޔާ ނިޔާވީ މެޔަށް ތަދެއް އަރައިގެން ވެއްޓި ފަރުވާދެމުން އަންނަނިކޮށެވެ.
މި ފަހުން ލަންކާއަށް ގޮސް އުޅުނީ ބަލިވެގެން ނޫން ކަމަށާއި ވަކި ބައްޔަކަށް ފަރުވާ ހޯދަމުން ވެސް ނުދާ ކަމަށް އޭނާގެ ގާތް ބައެއް މީހުންނާ ހަވާލާދީ ރިޕޯޓްތައް ބުނެ އެވެ.
50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް