ކޮމަންވެލްތު ގައުމުތަކުގެ ތެރެއިން 40 ގައުމަކުން ބައިވެރިވެފައިވާ ސީއޭޕީއޭސީ އަކީ ޕާލިމެންޓް މެންބަރުން އެ ގައުމެއްގެ ދައުލަތުގެ މާލީ ކަންކަމުގައި މިނިވަންކަމާ އެކު ނިންމުންތައް ނިިންމުމާއި މާލީ ގޮތުން ސަރުކާރުތައް ޒިންމާދާރު ކުރުމުގައި ފުރިހަމަ ގޮތްތަކެއް ނިންމަން ހިތްވަރު ދިނުމުގެ ގޮތުން އުފައްދާފައިވާ ބޯޑެކެވެ.
ނާޝިޒް މި ބޯޑުގެ ޗެއާ އަކަށް ހަމަޖެއްސެވީ މިހާރު ކުރިއަށްދާ އެ ޖަމިއްޔާގެ އަހަރީ ބައްދަލުވުމުގަ އެވެ. ނާޝިޒް ހުންނެވީ މިދިޔަ އަހަރުން ފެށިގެން ސީއޭޕީއޭސީގެ ވައިސް ޗެއާގެ މަގާމުގަ އެވެ.
މީގެ އިތުރުން ނާޝިޒް އަކީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރުވެސްމެ އެވެ.
ނާޝިޒް ސީއޭޕީއޭސީގެ ޗެއާ ކަމަށް އިންތިހާބު ވެވަޑައިގަތީ، ޓްރިނިޑާޑް، ޓޮބާގޯ އަދި ސީޝެލްސް އާއި ވާދަ ކުރައްވައި އެވެ.