ads
ޔޯގާ ހަރަކާތުގައި ތިބި މީހުން ވަނީ ބިރުން ދުވެ ފިލާފަ
ޔޯގާ ކަންތަކުގައި އިހުމާލުވި މީހުންނަށް ފިޔަވަޅު އަޅަނީ
ޔޯގާ ހަރަކާތް ހުއްޓުވައި، އެތަނުގައި ހަމަނުޖެހުން ހިންގަން ފުރުސަތު ލިބުނު މައްސަލައިގައި އިހުމާލުވާ ފަރާތްތަކާ މެދުގައި ފިޔަވަޅު އަޅަން، އެކަން ހިނގާދިޔަ ގޮތް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލެއްވި ވަޒީރުންގެ ކޮމެޓީން ލަފާ ދީފި އެވެ.
Advertisement

ރައީސް އޮފީހުން ބުނީ، ސަބް ކޮމެޓީގެ ރިޕޯޓާ ގުޅޭ ގޮތުން މިއަދު ކެބިނެޓުގައި މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި އެ ދުވަހު ކަންތައް ހިނގައި ދިޔަގޮތް ދިރާސާކޮށް، އެ ކަންކަން ދެނެގަތުމަށް ކޮމެޓީން ކުރި މަސައްކަތްތައް އެ ރިޕޯޓްގައި ހިމަނާފައިވާ ކަމަށާއި، ފަސް ދާއިރާއަކުން 39 ރިކޮމެންޑޭޝަނެއް އެ ރިޕޯޓްގައި ހުށަހަޅާފައިވާ ކަމަށެވެ.

ވަޒީރުންގެ ރރިޕޯޓްގައި ފާހަގަކުރި މައިގަނޑު ކަންކަމުގެ ތެރޭގައި ސެކިއުރިޓީ ބެލެހެއްޓުމާއި ސެކިއުރިޓީ އޮޕަރޭޝަންތައް ހިންގުމުގައި އަމަލުކުރާނެ ގޮތް ނިންމުމާ ދީނީ ގޮތުން ހިލާފު އުފެދޭ ކަންކަމުގައި އަމަލުކުރާނެ ސިޔާސަތު އެކުލަވައިލުން އަދި އިވެންޓްތައް ރާވައި އިންތިޒާމުކުރާނެ ގޮތްތައް ނިންމުމާއި އިހުމާލުވެފައިވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުން ހިމެނެއެވެ. މީގެ އިތުރުން ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ ކަންކަމަށް މަގުފަހިކުރުވާ ކަންކަން ދެނެގަތުން އަދި މައްސަލަ ހައްލުކުރަން އަވަސް ފިޔަވަޅުތައް އެޅުންވެސް ރިޕޯޓުގައި ހިމެނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް