ads
ރަޝިޔާގެ ކުރީގެ ރައީސް މިޚައިލް ގޮރްބަޗޯވް
ރަޝިޔާގެ ކުރީގެ ރައީސް މިޚައިލް ގޮރްބަޗޯވް އަވަހާރަވެއްޖެ
ރަޝިޔާގެ ކުރީގެ ރައީސް މިޚައިލް ގޮރްބަޗޯވް އަވަހާރަވެއްޖެއެވެ.

ކުރީގެ ސޯވިއެޓް ލީޑަރު މިޚައިލް ގޮރްބަޗޯވް އަވަހާރަވީ، އުމުރުފުޅުން 91 އަހަރުގައި މޮސްކޯގައި ހުންނަ ސެންޓްރަލް ކްލިނިކަލް ހޮސްޕިޓަލުގައެވެ.

ސޯވިއެޓް ޔޫނިއަންގެ އެތައް މިލިއަން ރައްޔިތުންނަށް މިނިވަންކަން ދިން ރައީސެއްގެ ގޮތުގައި އެހެން ގައުމުތަކުން އޭނާ ފާހަގަކުރި ނަމަވެސް ރަޝިޔާގައި އޭނާ އަށް މަލާމާތް ރައްދުކުރެވުނެވެ. ގަރުބަޗޯވް ފާހަގަކުރެވެނީ ފިނި ހަނގުރާމަ ނިމުމަކަށް ގެނައި ރައީސްގެ ގޮތުގައެވެ. އެހެންނަމަވެސް އޭނާގެ ވެރިކަމުގައި ސޮވިއެޓް ޔޫނިއަން ބައިބައިވެގެން ދިޔައެވެ.

1990 ވަނަ އަހަރު ނޮބެލް ސުލްހައިގެ އިނާމު ލިބިވަޑައިގެންފައިވާ ގޮރްބަޗޯވް އަވަހާރަވީ ދިގު މުއްދަތަކަށް އާލާސްކަންފުޅާ އުޅުއްވުމަށްފަހު ކަމަށް ރަޝިޔާގެ ނޫސް އޭޖެންސީތަކުން ވަނީ އަންގާރަ ދުވަހު ހޮސްޕިޓަލުގެ އޮފިޝަލުންނާ ހަވާލާދީ ބުނެފައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އޭނާ ގެންދެވީ ކިޑްނީގެ އާލާސްކަންފުޅެއްގައި ފަރުވާ ހޯއްދަވަމުންނެވެ.

ގޮރްބަޗޯވް އަކީ ސޯވިއެޓް ޔޫނިއަންގެ ފުރަތަމަ އަދި އެންމެ ފަހުގެ ރައީސެވެ. އުމުރުފުޅުން އެންމެ 53 އަހަރުގައި 1985 ވަނަ އަހަރު ކޮމިއުނިސްޓް ޕާޓީގެ ޖެނެރަލް ސެކްރެޓަރީގެ މަގާމާ ހަވާލުވެވަޑައިގަތެވެ. 1991 ވަނަ އަހަރު ހަމަ އެ ޕާޓީ އުވާލަންދެން އޭނާ ހުންނެވީ އެ މަގާމުގައެވެ. އޭގެ ފަހުން މާ ގިނަ ދުވަހެއް ނުވެ ސޯވިއެޓް ޔޫނިއަން އުވިގެން ދިޔައެވެ. 

އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ގޮރްބަޗޯވް ސިފަކުރައްވާފައިވަނީ ވަރަށް ވަރުގަދަ ލީޑަރެއް އަދި މަލްޓިލޭޓަރަލިސްޓެއްގެ ގޮތުގައެވެ. އަދި ސުލްހައަށް ކެނޑިނޭޅި ވަކާލާތު ކުރައްވާ ލީޑަރެއްގެ ގޮތުގައެވެ.

ޕުޓިންގެ ތަރުޖަމާނަކު، ގޮރްބަޗޯވްއާއި ޕުޓިންގެ ގުޅުން ހީނަރުވެފައިވާ ކަމަށް ވިދާޅުވި ނަމަވެސް، ޕުޓިން ވަނީ އޭނާގެ މަރާއި ގުޅިގެން ފުން ތައުޒިޔާއެއް ފާޅުކުރައްވައި، މިއަދު ހެނދުނު އޭނާގެ އާއިލާއަށް ޓެލެގްރާމް ފޮނުއްވާނެ ކަމަށް ވިދާޅުވެފަ އެވެ. ރިޕޯޓްތައް ބުނާގޮތުން ގޮރްބަޗޯވް ފަސްދާނު ލުމަށް ހަމަޖެހިފައިވަނީ މޮސްކޯގެ ނޮވޯދޭވީޗީ ގަބުރުސްތާނުގައި، އޭނާގެ އަންހެނުން ރައިސާގެ ކައިރީގައެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް