ލަންކާގެ ޓޫރިޒަމް މިނިސްޓަރ ހަރިން ފެނާންޑޯ ވިދާޅުވީ އެގައުމުގެ ކެބިނެޓުން އެކަން އެގޮތަށް ނިންމާފައިވާ ކަމަށެވެ.
އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިގޮތަށް ނިންމާފައިވަނީ ކުރިން އޮތް 1 އަހަރު ދުވަހުގެ މަލްޓިޕްލް އެންޓްރީ އަދި ސިންގަލް އެންޓްރީ ޓޫރިސްޓް ވިސާގެ އިތުރުން ކަމަށެވެ.
ކުރިން ހަމަޖައްސާފައި އޮތީ 30 ދުވަހުގެ މައްދަތެވެ.
ލަންކާއިން މަލްޓިޕަލް އެންޓްރީ ޓޫރިސްޓް ވިސާ ދޫކުރަން ނިންމާފައި މިވަނީ އެގައުމުގެ އިގްތިސާދު އަޑިއަޅާފައިވާ ދަނޑިވަޅެއްގައެވެ. އޭގެ އިތުރުން އެތެރޭގެ ހަމަނުޖެހުން އިތުރުވެ ތަފާތު ދަތިތައް އެގައުމަށް ދަނީ ކުރިމަތި ވަމުންނެވެ.