މި މައްސަލައިގައި، މީގެ ހަފްތާއެއްހާ ދުވަސްކުރިން ޖޭޕީގެ ތަރުޖަމާން އަލީ ސޯލިހަށް އަމާޒުކޮށް ދިން ހަމަލާގެ ވާހަކަ ފާހަގަކޮށްފައިވެއެވެ. އަދި މަރާލެވިފައިވާ މީހުންނާއި ގެއްލުވާލެވިފައިވާ މީހުންނާ ގުޅޭ މައްސަލަތައް ބަލަން އެކުލަވާލި ރިޔާސީ ކޮމިޝަނާ ހަވާލާދީ، ދީނުގެ ނަމުގައި މީހުންނަށް ހަމަލާދީ މަރައި ހެދުމުގެ ރެކޯޑް އޮތް މީހުން އާއްމުންގެ ތެރޭގައި އުޅޭކަން ފާހަގަކޮށްފައިވެއެވެ.
އަދި ހަރުކަށި ފިކުރުގެ މީހުން ކުރާ ކަންކަމާމެދު ފިޔަވަޅު އެޅުމުގައި މުއައްސަސަތާތަކުން ފަހަތު ފަޔަށް ބުރަވެފައިވާ ކަމަށް މެންބަރު ވަހީދުގެ މައްސަލައިގައި ބަޔާންކޮށްފައިވެއެވެ. އަދި އެކަމުން ސަލާމަތްވުމަށް ހިއްވަރާއެކު އާ އިންތިޒާމެއްގެ ތެރެއިން މަސައްކަތް ކުރަން ޖެހޭ ކަމަށް މި މައްސަލައިގައި ބުނެފައިވެއެވެ.