ads
މިއަދުގެ ރަސްމިޔާތުގައި މިނިސްޓަރު އިމްރާން
މިނިސްޓަރު އިމްރާން ސާފުކޮށްދެއްވީ، މުޖުތަމައުގެ އަމަންއަމާންކަން ނެތް ސަބަބު
ފުލުހުންގެ ހިދުމަތުގެ ދުވަސް ފާހަގަކުރުމަށް މިއަދު ބޭއްވި "މުވައްޒަފުންގެ ހިދުމަތުގެ އަގު ވަޒަންކުރުމުގެ ޖަލްސާ" ގައި ވާހަކަދަައްކަވަން ފައްޓަވަމުން ހޯމް މިނިސްޓަރު އިމްރާން އަބްދުالله ވިދާޅުވީ، އިންސާނީ މުޖުތަމައުއާ އެހެން މުޖުތަމައުއާ އޮންނަ އެންމެ ބޮޑު ތަފާތަކީ އިންސާނީ މުޖުތަމައުގައި އޮންނަ އަދުލުވެރިކަމާއި, އަމަން އަމާންކަމާއި ސުލުހަވެރިކަންކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އިންސާފާއި އަދުލުވެރިކަމާއި, ހަމަހަމަކަމާއި ރައްކާތެރިކަން ގެއްލޭ ކޮންމެ މުޖުތަމައަކީ ވީރާނާވެ, ފަނާވެ ހަލާކުވުމުގެ މުޖުތަމައެއްކަމުގައި ވެގެންދާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި އެމަސައްކަތް ކުރާ ބަޔަކު ދުނިޔެފެށުނީންސުރެ ކޮންމެ މުޖުތަމައުއެެއްގައި ދިރިއުޅެމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިއަދުގެ ދުނިޔޭގައި އެބަޔަކީ އެ މުޖުތަމައުގައި ތިބޭ ފުލުހުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

" އަޅުގަނޑުމެންގެ މިޖުތަމައުގެ އަދުލުވެރިކަމާއި އަމަން އަމާންކަމާއި, ރައްކާތެރިކަން މިމުޅި މުޖުތަމައުއަށް ކަށަވަރުކޮށްދިނުމުގެ އެންމެ ފުރަތަމަ ސަފަކީ ފުލުހުން. މިސަފުގައި ތިއްބަވާ ފަރާތްތަކުން އެއަދާކޮށްދެނީ މުޖުތަމައުއަށްޓަކައި ވަރަށްބޮޑު ޒިންމާއެއް. އެއަދާކޮށްދެއްވަނީ މުޅި މުޖުތަމައުގެ ހުރިހާ ފަރުދުންގެ ޒިންމާ. އެޒިންމާއަށް ރައްކާތެރިވުން އެއީ އަޅުގަނޑުމެންގެ މުޖުތަމައުއަށް ހެޔޮ މުޖުތަމައުއެއްގެ ގޮތުގައި ދެމިއޮތުމަށް ކޮންމެހެން އަޅުގަނޑުމެން އެންމެން ކުރަމްޖެހޭކަމެއް." މިނިސްޓަރު ވިދާޅުވިއެވެ.

ދެން ވިދާޅުވެދެއްވީ ފުލުހުން ކުރާ މަސައްކަތްތައް ހަރުދަނާ ނުވެ، މީގެ 18 އަހަރު ކުރީގެ ކުށްތައް ވެސް ހައްލުނުވެ، މިއަދުގެ މުޖުތަމައުގައި އާއްމުވެ، އަމާންކަން ނެތިދާ ސަބަބުތަކެކެވެ. 

އެގޮތުން ފުލުހުންގެ ތެރެއިން ކުރެވޭ މަސައްކަތް އެއްދުވަހުން އަނެއް ދުވަހަށް ހަރުދަނާކޮށް, އެއްދުވަހުން އަނެއްދުވަހަށް ކުރިއަރުވާ އެއްދުވަހުން އަނެއް ދުވަހަށް ހިދުމަތް ރަނގަޅުކުރުމަކީ ފުލުހުންގެ އެތެރޭން ކުރަންޖެހޭކަމެއްކަންވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ. 

އަދި ދިވެހި ފުލުހުންގެ ހިދުމަތް އެންމެ ރަނގަޅު ގޮތުގައި ދެމިއޮތުމަށްޓަކައި ހޯދައިދޭންޖެހޭ ވަސީލަތްތަކާއި, ލިއްބައިދޭންޖެހޭ ޤާބިލްކަން ލިއްބައިދިނުމަށްޓަކައި ދައުލަތުގެ ނިޒާމްގެ ތެރެއިން އެކަންކަން ފުރިހަމަކުރުމަކީ އެވަގުތެއްގައި ދިވެހިރާއްޖޭގެ ރައްޔިތުންގެ މައްޗަށް ވެރިކަންކުރަން ތިބޭ ވެރިންގެ ޒިންމާއެއްކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. 

ހަމައެއާއެކު ދިވެހި ފުލުހުންގެ ހިދުމަތް އެންމެ ފުރިހަމަ ގޮތުގައި ބަލައިގަނެ އެހިދުމަތަށް އިހުތިރާމާއި, ގަދަރުކޮށް ލޯބިކުރުމަކީ އެމުޖުތަމައެއްގެ އަފްރާދުންގެ ޒިންމާއެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. 

މިހުރިހާ ދިމާއަކުން އެކަންކަން ފުރިހަމަނުވާނަމަ އެމުޖުތަމައެއްގެ ތެރޭގައި ނުވަތަ ދިވެހި މުޖުތަމައުގައި އޮންނަންޖެހޭ އެންމެ އަމަން އަމާންކަންކަމާއި ރައްކާތެރިކަން ނޯންނާނެ ކަމަށެވެ. އަދި ސުލުހަވެރިކަމުގެ ސިފަތައް ވެސް ފުރިހަމަނުވާނެކަމަށެވެ.

" މިތިންބައި އެކުގައި މަސައްކަތްކޮށްގެން ނޫނީ އަޅުގަނޑުމެން އެދޭ އުއްމީދުކުރާފަދަ މުޖުތަމައުއަކަށް އަޅުގަނޑުމެންގެ މުޖުތަމައު ވެގެން ނުދާނެ. " މިނިސްޓަރ ވިދާޅުވިއެވެ.

އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވީ މީގެ 18 އަހަރު ކުރިންވެސް ހުރި ބައެއް ކުށްތައް މަދުނުވެ އިތުރުވަމުންދާކަމުގެ އިހުސާސް ކުރެވުމެވެ. މިނިސްޓަރު ވިދާޅުވީ އެއީ  މުޅި މުޖުތަމައުގެ ކުރިއެރުމަށްޓަކައި އޮތް ވަރަށްބޮޑު ބިރެއް އަދި ނުރައްކަލެއްކަމަށެވެ. މިކަމުން އަރައިގަތުމަށް ފުލުހުންނާއި ސަރުކާރާ ރައްޔިތުންގެ ގުޅިގެން އެކުގައި މަސައްކަތްކުރުމަކީ  އަންނަން އޮތް ޖީލުތަކަށްޓަކައި މިއަދުގެ ޖީލުގެ މައްޗަށް އެޅުވިފައިވާ ވަރަށްބޮޑު ޒިންމާއެއްކަންވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އެއާއެކު އެ ހަފްލާގައި އެވޯޑު ދެވިގެންދިޔަ ދިގުމުއްދަތައް ހިދުމަތްކުރެއްވި ފުލުހުންގެ ކިބައިން މިނިސްޓަރު އެދިވަޑައިގަތީ، ރިޓަޔަކުރެއްވުމާ ހަމައަށް ދާއިރު ހިދުމަތުގެ ތެރޭގައި އުޅުއްވިއިރު ހެދިފައިހުރި ބައެއްކަހަލަ ގޯސްތައް ނުވަތަ ކުށްތައް އިތުރަށް ރަނގަޅުކުރާނެ މަގު ފަހިކޮށްދެއްވާ, އެމަގު އަންނަން އޮތް ޖީލަށް ދައްކައިދެއްވުމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް