ads
ގެދޮރު އިމާރަތްކުރުމާއި މަރާމާތުކުރުމަށް ޑިމާންޑު އިތުރުވަމުން ދިއުމާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހޯމް ބިލްޑިންގް ލޯނާއި ހޯމް އިކުއިޓީ ލޯނެއް ތައާރަފްކުރުން - ފޮޓޯ: ބީއެމްއެލް
ބީއެމްއެލްގެ ބަދަލާއިއެކު އިމާރާތްކުރުމަށް ބޭނުންވާ އިތުރު ރަހުނު ހޯދުން ނިމުމަކަށް
ބީއެމްއެލް ހޯމް ބިލްޑާއެކު ގެދޮރު އިމާރާތްކުރުމަށް ބޭނުންވާ އިތުރު ރަހުނު ހޯދުން ނިމުމަކަށް ގެނެސްފި އެވެ.

ދިރިއުޅުމަށްޓަކައި އިމާރާތް ކުރުމަށް، މަރާމާތު ކުރުމަށް ނުވަތަ ވަކި ވަރަކަށް ހަދާފައި ހުރި ތަނެއް ނިންމުމަށް ބޭނުންވާ ފައިނޭންސް ފޯރުކޮށް ދިނުމަށް ބީއެމްއެލް އިން އިއްޔެ ތައާރަފްކޮށްފައި މިވަނީ ހޯމް ބިލްޑް ލޯނާއި ހޯން ބިލްޑް ފައިނޭންސް އެވެ.

ބީއެމްއެލް އިން މައުލޫމާތުދޭގޮތުގައި މި ފައިނޭންސް ނަގާ ފަރާތަށް 9 ޕަސެންޓުގެ ރޭޓުގައި 1 މިލިއަން ރުފިޔާ ހަމައަށް ފައިނޭންސްކޮށްދޭއިރު އަނބުރާ ދެއްކުމަށް 15 އަހަރުގެ މުއްދަތެއްވެސް ދެވޭނެކަމަށް ބޭންކުން ބުނެ އެވެ. އަދި ފައިނޭންސަށް އެދޭ ފަރާތުން އަމިއްލައަށް ހަރަދު ކުރަންޖެހެނީ ޕްރޮޖެކްޓްގެ އަގުގެ 25 ޕަސެންޓުގެ ރޭޓުގައި ކަމަށް ބީއެމްއެލްއިން ބުނެ އެވެ.

އެގޮތުން ބޭންކުގެ ހެޑް އޮފް ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ މީގެ ކުރިން ރަށްރަށުގައި ގެދޮރު އިމާރާތްކުރުމަށް ބޭނުންވެގެން އަންނަ ކަސްޓަމަރުން އިމާރާތްކުރާ ތަން ފިޔަވައި އިތުރު ރަހުނު ބަހައްޓަން ޖެހޭކަަމަށެވެ.

"އަޅުގަނޑުމެން އިއްޔެ ތައާރަފްކުރި ހޯމް ބިލްޑް ފްރޮޑަކްޓްތަކާއެކު މިވަނީ އިތުރު ރަހުނަކާ ނުލައި 1 މިލިއަން ރުފިޔާގެ ފައިނޭންސް ނެގޭ ގޮތް ހަމަޖެހިފަ. މިއީ ވަރަށް ގިނަ ކަސްޓަމަރުންނަށް ފައިނޭންސް ހޯދުމުގައި ދިމާވެފައިވާ ދަތިތަކަކަށް ލިބިގެންދާނެ ހައްލެއް" ސައީދު ވިދާޅުވި އެވެ.

ބީއެމްއެލްއިން ބުނީ ހޯމް ބިލްޑް އަށް އެދި ހުށަހަޅާއިރު ގެރެންޓާރ އެއް ބޭނުމެއް ނުވާކަމށެވެ.އެހެން ނަމަވެސް އިތުރު ބޭފުޅަކާއެކު މި ފައިނޭންސަށް އެދި ހުށަހެޅޭނެކަމަށް ބީއެމްއެލްއިން މައުލޫމާތުދެ އެވެ.

މީގެ އިތުރުން ބޭންކުން ލޯނު ދިނުމަށްޓަކައި ބަލާ މައިގަނޑު ކަންތައްތަކާ ގުޅޭ ގޮތުން ސައީދު ވިދާޅުވީ ކަސްޓަމަރުގެ ދަރަންޏަށް އިތުބާރު ކުރެވޭ މިންވަރަކީ ވަރަށް މުހިންމު ބައެއްކަމަށެވެ. އަދި އަމިއްލައަށް ހަރަދުކުރަން ޖެހޭ ބަޔަށް ފައިސާ ދެއްކުމުގެ ގާބިލުކަމާއި އަނބުރާ ފައިސާ ދެއްކުމުގެ ގާބިލުކަން ހުރި ނެތް މިންވަރަށްވެސް ބޭންކުން ބަލާނެ ކަމަށް ސައިދު ވިދާޅުވި އެވެ. 

ސައީދު އިތުރަށް ވިދާޅުވީ ވޭތުވެ ދިޔަ 12 މަސް ދުވަހު ކުރިން ނަގާފައިވާ ލޯނަކަށް، ފައިނޭންސަކަށް ނުވަތަ ކްރެޑިޓް ކާޑަކަށް ގަވާއިދުން ފައިސާ އަނބުރާ ދައްކާފައިވާންވާނެކަމަށެވެ.

your imageބީއެމްއެލް ހޯމް ބިލްޑާ އެކު ގެދޮރު އިމާރާތް ކުރުމަށް ބޭނުންވާ އިތުރު ރަހުނު ހޯދުން ނިމުމަކަށް އަންނާނެ - ފޮޓޯ:ބީއެމްއެލް

ހޯމް ބިލްޑް ފައިނޭންސަށް ކަސްޓަމަރު އަމިއްލައަށް ހިއްސާކުރަންޖެހޭ އަދަދު ހުންނަން ޖެހޭނީ ކަސްޓަމަރުގެ ބޭންކް އެކައުންޓަށް ޖަމާކޮށްފައި ނުވަތަ އިމާރާތަށް ހަރަދު ކޮށްފައިކަމަށް ބީއެމްއެލްއިން މައުލޫމާތުދެ އެވެ. މިގޮތަށް އިމާރާތަށް ހަރަދު ކޮށްފައިވާނަމަ، އެކަމުގެ ލިޔުން ބޭންކަށް ހުށަހަޅާ އަދި އަމިއްލައަށް ކުރަންޖެހޭ ހަރަދު ކޮށްފައި ނުވާނަމަ އެ ހަރަދު ކުރާނެގޮތް ބޭންކަށް ހުށަހަޅަންވާނެކަމަށް ބީއެމްއެލް އިން ބުނެ އެވެ.

އަލަށް ތައާރަފްކުރި ހޯމް ބިލްޑް ލޯނު ނަގަން އިތުރު ރަހުނެއް ބޭނުންނުވާއިރު، ކަސްޓަމަރުންނަށް މިހާރުގެ މާކެޓްގައި އެންމެ ރަނގަޅު އަގުގައި ގެދޮރު ހެދުމާއި މަރާމާތުގެ މަސައްކަތް ކުރެވޭނެ އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް