ads
މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުމަށް ބޭއްވި ޓެސްޓު ބުރުގެ ތެރެއިން
މިނީ ބަހުގެ ޓިކެޓަކަށް 7 ރުފިޔާ ހަމަޖައްސައިފި
ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ނިޒާމުގެ ދަށުން ސަރުކާރުން މާލޭގައި ފަށަން ހަމަޖެހިފައިވާ މިނީ ބަހުގެ ޓިކެޓަށް ހަތް ރުފިޔާ ނެގުމަށް ސަރުކާރުން ނިންމައިފި އެވެ.

މިނީ ބަހުގެ ހިދުމަތް ފެށުމަށް މާލެ ސިޓީ ކައުންސިލާއި ފުލުހުންނާއި ޓްރާންސްޕޯޓް މިނިސްޓްރީ އާއި އެމްޓީސީސީ ގުޅިގެން އަންނަނީ ތައްޔާރުވަމުންނެވެ. އަދި ބަހުގެ ހިދުމަތް ދިނުމަށް ހަވާލުކޮށްފައިވާ އެމްޓީސީސީން ވަނީ މިނީ ބަހުގެ ޓެސްޓު ބުރު ތަކެއް މާލޭގައި ބާއްވައިފަ އެވެ.

ދަތުރުތައް ފެށުމަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ އިރު، ސަރުކާރުގެ ރަސްމީ ޓުވިޓާ އެކައުންޓުން މިއަދު ވަނީ، ބަސް ދަތުރު ކުރާ މަގުތައް އެނގޭނެ ވީޑިއޯއެއް އާންމުކޮށްފަ އެވެ.

މީގެ އިތުރުން ވީޑިއޯގައި ބަހުގެ ޓިކެޓަކަށް ހަތް ރުފިޔާ ނަގާނެ ކަމަށް ސަރުކާރުން ވަނީ އިއުލާންކޮށްފަ އެވެ. 

މިނީ ބަހުގެ ދަތުރުތައް ރަސްމީކޮށް ފެށުމުގެ ކުރިން އާންމުންނާ އެކު ދެ ހަފުތާގެ ޓެސްޓު ބުރެއް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފަ އެވެ. މި މުއްދަތުގެ ތެރޭ އެއްވެސް އަގަކާ ނުލައި މިނީ ބަހުގައި ދަތުރު ކުރެވޭނެ އެވެ.

މިނީ ބަހުގެ ހިދުމަތް ފެށުމަށްޓަކައި މާލޭގެ ބައެއް ޕާކިން ޒޯންތައް ހުސްކޮށް، އެ ތަންތަނުގެ ބަދަލުގައި އާ ޕާކިން ޒޯންތަކެއް ހެދުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން އަންނަނީ ކުރިއަށް ގެންދަމުންނެވެ.

78%
ކަމުގޮސްފި
9%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް