މި ގޮތުން ބޯޑުގެ މެންބަރުކަމުގެ މަގާމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް، ހަ ބޭފުޅަކު ވަނީ އައްޔަންކުރައްވާފައެވެ.
މި ބޯޑު އެކުލަވައިލައްވާފައި ގޮތް:
1. މުހައްމަދު ސާމިއު (އެމްޓޭޝަންގެ، ރ.މަޑުއްވަރި)
2. ޑޮކްޓަރު ހައްވާ އިނާޔާ އަބްދުއްރަހީމް (އަލަމާގެ، ތ.ވިލުފުށި)
3. ފާތިމަތު ނަޝީދާ މުހައްމަދު (މ.މުތާފުށި ، މާލެ)
4. އަލީ އިބްރާހީމް (ފައިވްސްޓަ، ރ.ދުވާފަރު)
5. އާދަމް މާހިރު (މެޑޯޒް، ރ.އަލިފުށި)
6. މޫސާ އުމަރުމަނިކު (ޗަބޭލީގެ، ރ.ފައިނު)
މި ބޯޑުގެ ޗެއަޕަސަންގެ މަގާމަށް ރައީސް އައްޔަންކުރެއްވީ، މުހައްމަދު ސާމިއު އެވެ.
މިބޯޑު އުފެއްދެވުމާގުޅިގެން ރ.އަތޮޅުގައިވާ ސަރުކާރުގެ 14 ސިއްހީ މަރުކަޒު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ދަށުން ބެލެހެއްޓެވުމަށް ވަނީ ނިންމަވާފައެވެ.