ads
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން -- ފޮޓޯ: މަޖިލިސް
ކަރަންޓު އަގުހެޔޮކުރުމާ ބެހޭ ގަރާރު މަޖިލީހުން ފާސްކޮށްފި
ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ހޯރަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް މަޖިލީހަށް ހުށަހެޅުއްވި "ކަރަންޓު އަގުހެޔޮކުރުމާ ބެހޭ ގަރާރު" ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ގަރާރު ފާސްކުރުމާ މެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓު ދެއްވުމަށް ރިޔާސަތުން ހުޅުވާލުމުން މި ގަރާރު ފާސްވީ 67 މެމްބަރުންގެ ވޯޓުންނެވެ. 

މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން މިގަރާރު ދިރާސާކުރުމަށްފަހު އެކުލަވާލި ރިޕޯޓްގައި ވަނީ ގޭބިސީތަކުގެ ކަރަންޓް ބިލް ދާއިމީ ގޮތަކަށް ކުޑަކުރުމަށްޓަކައި ގޭބިސީތަކާއި ދައުލަތުގެ އިމާރާތްތަކުގައި ސޯލާ ޕެނަލް ހަރުކުރުމަށް ލަފާ ދީފަ އެވެ.

މިރިޕޯޓްގައި ވަނީ ސޯލަ ޕެނަލް ހަރުކުރަން ބޭނުންވާ މީހުންނަށް ދޫކުރާ ލޯނުގެ އިސްޓަރެސްޓް ފަސް އިންސައްތަ އަށް ކުޑަކުރަން ވެސް ހުށަހަޅާފަ އެވެ. ރިޕޯޓްގައި މިގޮތަށް ހިމަނާފައިވަނީ ބީއެމްއެލް އިން ލޯން ނަގައިގެން ސޯލާ ޕެނަލް ގަތުމަށް މަގުފަހިކުރަން ބީއެމްއެލްގައި ހަދާފައިވާ ގްރީން ފަންޑުން ދޫކުރާ ލޯނުގެ އިސްޓަރެސްޓް 11 އިންސައްތައިގައި ހުރުމުން އާންމުންގެ ފަރާތުން ލިބިފައިވާ ތަރުހީބު ކުޑަކަމުންނެވެ. 

ސޯލަ ޕެނަލް ގަތުމަށް ބޭނުންވާ އަތޮޅު ތެރޭގެ ރައްޔިތުންނަށް ފަސޭހަކޮށްދިނުމަށްޓަކައި އިއާދަކުރުވަނިވި ހަކަތަ ބޭނުންކުރާ ވަރު އިތުރުކުރުމަށް ހަމަޖައްސާފައިވާ ފައިސާއިން އަންނަ އަހަރުގެ ބަޖެޓުގައި ކޮންމެ ކައުންސިލަކަށް އެއް މިލިއަން ރުފިޔާ ކަނޑައެޅުމަށްވެސް ރިޕޯޓްގައި ހުށަހަޅާފައިވެ އެވެ. 

މިރިޕޯޓްގައި ވަނީ އިޔާދަކުރަނިވި ހަކަތަ ބޭނުންކުރާ އަދަދު އިތުރުކުރުމަށާއި އެކަމަށް ހުރި ގާނޫނީ ހުރަސްތައް ދެނެގަނެ ގާނޫނުތަކާއި ގަވައިދުތަކަށް ގެންނަން ބޭނުންވާ ބަދަލުތަކާ ގުޅޭ ރިޕޯޓެއް ތިން ހަފްތާ ތެރޭގައި އެކުލަވާލުމަށްފަހު މަޖިލީހަށް ފޮނުމަށް އެންވަޔަރަމަންޓް މިނިސްޓްރީއަށް އެންގުމަށް ވެސް ހިމަނާފަ އެވެ. 

ރާއްޖެއިން މިހާރު ތެލަށް ކުރާ ހަރަދު ހުރީ ވަރަށް މަތީ އަދަދެއްގައި ކަމަށްވާތީ އެއީ ރާއްޖެއަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށްވެސް މިގަރާރު ދިރާސާކޮށް އެކުލަވާލި ރިޕޯޓްގައި ބުނެފައިވެ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް