ads
އުރީދޫ މަސްރޭސްގެ ތެރެއިން. - ފައިލް ފޮޓޯ: އުރީދޫ
އުރީދޫ މަސްރޭހުގައި މިއަދުގެ ނިޔަލަށް ބައިވެރިވެވޭނެ
އުރީދޫ މޯލްޑިވްސް އާއި މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަ އެންޑް އޯޝަން ރިސޯސަސްއާ ގުޅިގެން ބާއްވާ "އުރީދޫ މަސްރޭސް 2026" ގައި ރެޖިސްޓާ ކުރުމުގެ ފުރުސަތު މިރޭ 23:59 އަށް ހަމަވާނެ އެވެ.
Advertisement

އުރީދޫ މަސްރޭހަކީ ހަމައެކަނި މުބާރާތަކަށް ވުރެ ބޮޑު ފެށުނީއްސުރެ ވެސް މަސްވެރިކަމުގެ އުފާވެރިކަމުގެ ތެރެއިން އެއްބައިވަންތަކަމުގެ ރޫހު އާލާކުރުވާ އަދި މުޖުތަމައުތަކުގެ ހިތްތަކުން ޖާގަ ހޯދާފައިވާ ހަރަކާތެކެވެ.

ޖުމްލަ 43,000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހެޅިފައިވާ މި މުބާރާތް މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޮގަސްޓް މަހުގެ 7 ވަނަ ދުވަހު ކ. މާފުށީގަ އެވެ.

އުރީދޫން ބުނީ މަސްރޭހުގައި ފުރުސަތު ދޭނީ ގިނަވެގެން 20 ޓީމަށް ކަމަށެވެ. އެހެންވެ، 20 ޓީމަށް ވުރެ އިތުރުވާނަމަ، ފުރުސަތު ދޭނީ ފުރަތަމަ ރަޖިސްޓްރޭޝަން ފުރިހަމަކޮށް، ފައިސާ ދެއްކި 20 ޓީމަށް ކަމަށް އުރީދޫން ބުންޏެވެ.

މިއަހަރުގެ މަސް ރޭހަށް ވެސް އުރީދޫން ވަނީ ފައިސާގެ އިނާމު ހުށަހަޅައިފަ އެވެ. އެގޮތުން އެއް ވަނައަށް 25،000ރ. ގެ ފައިސާގެ އިނާމެއް ހުށަހަޅާފައި ވާއިރު ދެވަނަ އަށް 10،000ރ. އަދި ތިން ވަނަ އަށް 5،000ރ. ވަނީ ހުށަހަޅައިފަ އެވެ. އޭގެ އިތުރުން އެންމެ މޮޅު އަންހެން އަދި ފިރިހެން މަސްވެރިޔާއަށް 1،000ރ. ގެ ފައިސާގެ އިނާމާއި އެންމެ ބަރު މަސް ބާނާ މީހަކަށް 1،000ރ. ވަނީ ހުށަހަޅައިފަ އެވެ.

  • އުރީދޫ މަސްރޭސް 2026 ގައި ރަޖިސްޓްރީވުމަށް، ޒިޔާރަތްކުރުން: http://ore.do/masrace2026
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;