ads
ހިންދޫ ދީނުގެ އަޅުކަން އަދާކުރަމުން ދިޔަ ތިން މީހުން
ބިލެއްދޫގައި ބިދޭސީން ފާޅުގައި ބުދު ދީނަށް އަޅުކަން ކުރަނީ
ފ. އަތޮޅު ބިލެއްދޫގައި ބިދޭސީން ތަކެއް މަގުމަށްޗަށް ނުކުމެ ފާޅުގައި ބުދު ދީނުގެ އަޅުކަން ކުރާ މަންޒަރު ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާއްމުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވާ ފޮޓޯ ތަކުން ފެންނަ ގޮތުގައި، ހިންދޫއިން އަޅުކަން ކުރާ ޒާތުގެ ބުދެއް ހިފައިގެން ތިން މީހަކު މަގުމަތީގައި ހިނގާފައި ދާތަން ފެނެ އެވެ. 

your imageބިލެއްދޫގައި ބުދު ދީނުގެ އަޅުކަން ކުރުމަށް މަގުމަތީ ހިނގިކަމަށް ބުނެ ދައުރުވަމުންދާ ފޮޓޯ


މި ފޮޓޯ އާއްމު ކުރި ފަރާތުން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، ފާޅުގައި ބަޔަކު ނިކުމެ ބުދު ދީނުގެ އަޅުކަމެއް ކުރަމުންދާ އިރު، މިކަމަށް އެއްވެސް މީހަކު ހުރަސް އަޅާފައި ނުވުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ. 

އަދި އެމީހުން ނިކުމެ ބުދު ދީނުގެ އަޅުކަން އަދާކުރަމުން ދިޔަ އިރު ރަށު ކައުންސިލަށް އެކަން ހުއްޓުވަން ޖެހޭނެ ކަމަށާއި، އެފަދަ ކަމެއް ދެން ތަކުރާރު ވެއްޖެނަމަ ރައްޔިތުން ނިކުމެ އެކަން ހުއްޓުވާނެ ކަމަށެވެ. 

އެކަމާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެފަދަ ކަމެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު އިއްޔެ ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންތައްތައް ބަލަމުން އަންނަ ކަމަށެވެ. 

މިކަމާއި ގުޅިގެން ބިލެއްދޫ ކައުންސިލްގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ. 

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް