އިންޑިޔާގެ ފުޓްބޯޅަ ފެޑެރޭޝަންގެ އިންތިހާބު ޗައުބޭ ކާމިޔާބު ކުރީ ފަސޭހަކަމާއި އެކު ބޮޑު ތަފާތަކުންނެވެ. އިންތިހާބުގައި ލީ 34 ވޯޓުގެ ތެރެއިން 33 ވޯޓު ޗައުބޭ ހޯދިއިރު، ބުޓިޔާއަށް ލިބުނީ އެންމެ ވޯޓެކެވެ.
އިންޑިޔާގެ ފުޓްބޯޅަ ފެޑެރޭޝަންގެ އިންތިހާބު މި ބޭއްވުނީ އިންޑިޔާއަށް ފީފާގެ ސަސްޕެންޝަނެއް ކުރިމަތިވީ ފަހުންނެވެ.
އިންޑިއާ ސަސްޕެންޑްކުރިތާ ދެ ހަފްތާ ނުވަނީސް، އިންޑިއާއިން ދޫދީ، ފީފާއާއި، ސްޓޭޓް އެސޯސިއޭޝަންތަކުގެ ރައުޔޫއާއި އެއްގޮތަށް އިލެކްޓޯރަލް ކޮލެޖް ހަމަޖައްސާ، އިންތިހާބު ބޭއްވީއެވެ. އިންޑިއާ ސަސްޕެންޑް ކުރަން ދިމާވީ އިންޑިއާ ސަރުކާރުން، ފުޓުބޯޅަ ކުރިއަރަންވަން ކުރި މަސައްކަތާއި ގުޅިގެންކަމުގައި ބެލެވެއެވެ. މިގޮތުން އޭއައިއެފްއެފްގެ ބަޖެޓް ހަ ގުނަ ދައްކޮށްފައިވެއެވެ.